ޚަބަރު ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ފުލުހުން އަނބުރާ ހޯދައިފި

ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ފުލުހުން އަނބުރާ ހޯދައިފި

ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ފުލުހުން އަނބުރާ ހޯދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަހައްދުގައި ހިނގާދިޔަ ވައްކަމާއި ފޭރުމުގެ جިނާއީ އެކި ހާދިސާތަކާ ގުޅިގެން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ، ދިވެހި ފުލުހުންގެ ޚިދުމަތުން ކާމިޔާބުކަމާއެކު އަނބުރާ ހޯދައި ވެރިފަރާތްތަކާ ޙަވާލުކޮށްފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ޖުލައި މަހުގެ 5 އިން 11 އަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގައި ގެއްލުނު ޖުމްލަ ފައިސާގެ 98 އިންސައްތައަށްވުރެ ގިނަ އަދަދެއް ފުލުހުން ވަނީ ހޯދާފައެވެ. އެއީ ޖުމްލަ 838,434 ރުފިޔާގެ ތެރެއިން 826,730 އަށްވުރެ ގިނަ ރުފިޔާއެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެ ސަރަހައްދުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ހުށަހެޅިއިރު، ފުލުހުން ވަނީ އޭގެ ތެރެއިން 396,888 ރުފިޔާ ހޯދައިދީފައެވެ. މީގެ އިތުރުން ގަލޮޅާއި ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަތަކުންވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދާފައިވާއިރު، އެއަރޕޯޓް/ޓޫރިސްޓް ޕޮލިސް އަދި ވިލިމާލެ ފުލުހުން ވެސް ވަނީ މި އޮޕަރޭޝަންތަކުގައި ފައިސާ އަނބުރާ ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ކުށްތައް ހުއްޓުވައި ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ އެ މުއައްސަސާގެ އެންމެ ބޮޑު އެއް އަމާޒެވެ. ޚާއްޞަގޮތެއްގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލޭ މުދަލާއި ފައިސާ ވީހާވެސް އަވަހަށް ހޯދައިދިނުމަށް އޮފިސަރުން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ނަތީޖާނެރެދެނިވި ހަލުވި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ޚިދުމަތުން ދެއެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.