ޚަބަރު އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހުން ހޯދަން ޑްރޯންގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަނީ

އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހުން ހޯދަން ޑްރޯންގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަނީ

އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހުން ހޯދަން ޑްރޯންގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ “ފްރެންޑް 4” ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ވަރުގަދަކޮށް، ވައިގެ މަގުން ސިފައިންގެ ޔޫއޭވީ ޑްރޯންތަކުގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފިއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ.

މި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ކަނޑުމަގުންނާއި ވައިގެ މަގުން ހުއްޓުމެއްނެތި ދަނީ ބޮޑު ސަރަހައްދެއް ބަލަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 22:37 ހާއިރު، ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި އެ ސަޕްލައި ދޯނި ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެގެންނެވެ.

އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބުމާއެކު، ސިފައިންނާއި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ގޮސް ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

ނަމަވެސް، އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.


ޓެގް

އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.