ޚަބަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެންޓީގުއާއަށް ފުރާވަޑައިގެންފި

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެންޓީގުއާއަށް ފުރާވަޑައިގެންފި

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެންޓީގުއާއަށް ފުރާވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގައި ރާއްޖެ ތަމްސީލުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، އެންޓީގުއާ އެންޑް ބާބިއުޑާއަށް މިއަދު ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހުގެ 1 އިން 4 ގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓްގެ މިއަހަރުގެ ޝިޢާރަކީ ”އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު“ އެވެ. މި ޝިޢާރުގެ ދަށުން ބާއްވާ އެކި ސެޝަންތަކުގައި ބައިވެރިވެވަޑައިގެން، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން ނައިބު ރައީސް ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މި ސަމިޓަކީ މުހިންމު ފުރުޞަތެކެވެ. މީގެއިތުރުން، ވިޔަފާރީގެ ދާއިރާއިން ގުޅުން ހަރުދަނާކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާތައް ކުރިއަށްދާނެއެވެ.

ޓެގް

ނައިބްރައީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.