ވާހަކަމުނިފޫހި

ކުރުވާހަކަ: މަރު

މުޙައްމަދު އަފްނާން

އާޒިމް  އަކީ މުއްސަންދި ބައްޕައަކާއި މުއްސަނދި މަންމައަކަށް ލިބިފައިހުރި ދެ ފިރިހެންކުދިންގެ ތެރެއިން ހަގުކުއްޖާއެވެ. އެހެންކަމުން އެގޭ އެންމެންވެސް އޭނާ ދެކެ ވަރަށްލޯބި ވެއެވެ. މިއަދު އޭނާގެ އާއިލާ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކުރިމަތީގައި ހުރީ އޭނާ ބިސްނަސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްގެން އަމިއްލަ ވަޒަނަށް އަންނާތީއެވެ. އެމީހުން އިންތިޒާރުގައި ހުންނަތާ އިރުކޮޅެއްފަހުން އެއާޕޯޓުން ނުކުމެގެން އާޒިމް އަންނަ ތަން އެމީހުންނަށް ފެނުނެވެ. އެމީހުން ފެނުމާއިއެކު އާޒިމް އަތުން ހަނާއަޅާލިއެވެ. އޭނާ ހުރީ ނޫކުލައިގެ ރިޕްޑް ޖިންސް އަކާއި ކަޅުކުލައިގެ ހޫޑީއެއް ލައިގެންނެވެ. ބާމަތި ފުޅާ ހަށިގަނޑުންވެސް ބަރާބަރަށް ކަސްރަތު ކުރާ މީހެއްކަން އެނގި ދެއެވެ.

ގުޅުންހުރި ލިޔުންތައް

އޭނާއަށް ގެއަށް ދެވުމާއެކު އެއްޗެހި ބަދަލުކޮށް ފެންވަރާ ހަދައިލައިގެން މަންމަ ކާން ބުނުމުން އެކޮޅުން ކާނެކަމަށް ބުނެފައި ދިއައީ އޭނާގެ އެކުވެރި އާހިލް ގެ ގެޔަށެވެ.  އާހިލް ގެ ބައްޕައާއި އޭނާގެ ބައްޕަ އަކީ ބިސްނަސް ޕާޓްނަރުންނެވެ.  އާހިލް އުޅޭ ގެއަށް އޭނާ ވަދުނު އިރަކު އެ ގެޔަކު އެކަކުވެސް ނެތެވެ. އޭނާ ނުހުރެ އާހިލްގެ ބަޔަށް ދާން ހިނގައިގަތެވެ. އާހިލްގެ ބަޔަށް ގޮސް ކޯޑް ޖަހާލުމަށްފަހު ދިއައިރު އާހިލް އޮތި ނިދާފައެވެ. އޭރު މެންދުރު 2 ޖެހީއެވެ. އާހިލް ރަޖައި ދަށުގައި އޮތުމުން މާ މޮޅު ކަމެއް ކޮއްލާނަމޭ ހިތާ އެނދުގެ ކާރީގައި އިން ފެންޖަނގު ނަގައި އާހިލްގެ މޫނާ ދިމާލުގައި ބެހެއެޓުމަށްފަހު އޮއްސާލިއެވެ. އޭރު އޭނާގެ ހިތަށް އަރަނީ އާހިލް އޭނާ ފެނުމުން އުފާވާނެ ވަރެވެ. އެކަމަކު ފެން އެޅުމުން އާހިލް ނުހޭލުމުން އޭނާ އާހިލް އޮތްތަނާއި ދިމާލަށް ބަލައިލިއިރު ފެނުގެ ބަދަލުގައި ބެޑްޝީޓުން ފައިބަނީ ރަތް ކުލައެވެ.

އަވަސް އަވަހަށް ބެޑްޝީޓު ދަމައިގަތެވެ. އޭރު އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. މުޅިމީހާ ހުރީ ގަނޑުވެފައެވެ. އާހިލްގެ ހިތާއި ދިމާލުން މެޔަށް ހަރާލައިފައިވާ ބޮޑުވަޅި ފެނުމުން އޭނާ ހުރީ ކުރާނެ ކަމެއް ވެސް ނޭންގިފައެވެ. އެވަގުތަކީ އާހިލްގެ ބައްޕަ އިސްމާއިލް އާއި އާހިލްގެ ބޭބެ ހުޒާމް އާހިލް ނާންނާތީ ލަސްވެގެން އައި ވަގުތެވެ. އާހިލް ގެ ކައިރީގައި އާޒިމް ކުޑަކަކޫ ޖަހާގެން އިން ގޮތް ފެނިފައި އިސްމާއިލް އަށް ކޮންމެސް ކަމެއް ގޯސްކަން އިނގުނެވެ. އޭނާ އެތަނާ ކާރިވިތަނުން އާހިލް އޮތް ހާލަތު ފެނިފައި ދެމުނީ ކައިރީ ހުރި ހުޒާމްގެ އަތަށެވެ. އެވަގުތު އާޒިމް އަށް ހުޒާމްގެ ގަމީހުގެ އަތްކުރީގައި ހުރި ލޭތިކިތަށް ފެނުނެވެ. އެވަގުތު އޭނާ އަށް އާހިލް މަރައިލީ ހުޒާމް ކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވިއެވެ.

އެވަގުތު ހުޒާމް އަށް އާހިލްއަށް އެނގުނު ކަން އިނގުމުން އަވަސް އަވަހަށް އާހިލްކައިރިގައި އެވާހަކަ ނުބުނުމަށާއި އޭރުން ބޭނުންވަރަކަށް ލާރި ދޭނެ ކަމަށާއި އާހިލް މަރާލީ އޭނާ އެ ހުރިހާ މުދަލެއް ހޯދަންކަމަށްވެސް ބުންޏެވެ. އާޒިމްއަށް އަދިވެސް ހުރީ ގަބޫލު ނުކުރެވިފައެވެ. ލާރިއަށް ޓަކައި 25 އަހަރު ދުވަހު އެކުގައި އުޅުނު އެއްބަޑު އެއްބަފައި ކޮއްކޮ މަރައިލީއެވެ..

ފުލުސް މީހާ އާޒިމްގެ ބަޔާން ނެގިއިރުވެސް އާޒިމް އަށް ހުރީ ރޮވިފައެވެ. ހަމަ އެދުވަހު ހުޒާމް އަށް މީހަކު މެރިކަމަށް އުމުރުދުވަހުގެ ޖަލުހުކުމެއް އައެވެ.

އޭގެ ފަހުން ދެ އަހަރު ވީ އެވެ. އަދިވެސް އާޒިމްގެ ހިތުގައި އެ އަނިޔާވެރި ހާދިސާ ބިންވަޅު ނެގިފައި ވެއެވެ. އެކުގައި އުޅުނު އެންމެ ގާތް އެކުވެރިޔާ ގެއްލުނީ އެކުވެރިޔާގެ އެއްބަނޑު އެއްބަފާ ބޭބެ ފައިސާއަށް ދަހިވެތި ވީވަރުންނެވެ. އޭނާ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލުމަށްފަހު އާހިލްގެ ހުރިހާ މުދަލެއް އޭނާއަށް މިލްކު ކޮށްދިންކަމުގެ ލިޔުމުގައި ސޮއި ކުރީ އެކުވެރިޔާގެ އެއްޗެހި އޭނާގެ އަތަށް ލިބުމުގެ އުފާވެރި ކަމާއިއެކުގައެވެ. އޭގައި ސޮއި ކުރި އިރު އޭނާގެ މޫނުމަތިން ފެންނަމުންދަނީ ހިތި ހިނިތުންވުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close