ލަވަކިޔުންތެރިޔާ ލަކީ އަލީ ޢާއްމުންގެ ކިބައިން މާފަށް އެދިއްޖެ
ލަވަކިޔުންތެރިޔާ ލަކީ އަލީ އޭނާގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓަކާއި ގުޅިގެން ޢާއްމުންގެ ކިބައިން މާފަށް އެދިއްޖެއެވެ. އޭނާ މައާފަށް އެދެމުން ބުނީ ‘އަހަރެންގެ ނިޔަތަކީ…’އެއްގޮތަކަށްވެސް ރުޅިވެރިކަން އުފެއްދުން ނޫންކަމުގައެވެ.
ސޯލްފުލް ލަވަތަކާއި އާދަޔާ ހިލާފު ސްޓައިލްތަކުން މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ލަކީ އަލީ ފަހުން ޑިލީޓްކުރި އޭނާގެ ޕޯސްޓުގައި އޭނާ ވަނީ “ބްރަޙްމާން” މި ލަފުޒު އުފެދިފައިވަނީ “އަބްރާމް” އިން ކަމަށާއި، ބްރަޙްމީންނަކީ އިބްރާހީމްގެ ނަސްލެއް ކަމަށް ބުނެފައެވެ. އަދި މީހުން އެކަކު އަނެކަކާ މެދު ވިސްނުމެއް ނެތި ޒުވާބުކޮށް މާރާމާރީ ހިންގަނީ ކީއްވެގެންތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.
އޭނާގެ މި ޕޯސްޓުން ސޯޝަލް މީޑިއާގައި ބޮޑު ފާޑުކިޔުންތަކެއް އަމާޒުވިއިރު، ގިނަ ބަޔަކު ވަނީ އޭނާ ހިންދޫ މުޖުތަމައުގެ ޝުއޫރުތަކަށް އިހާނެތިކޮށް، ގޯސް މައުލޫމާތު ފަތުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭނާ ދެއްކެވި ނާޒުކު ވާހަކަތަކުގެ ސަބަބުން އޭނާ އެކަމަށް މައާފަށް އެދުމަށް ވެސް ބައެއް މީހުން ޑިމާންޑް ކުރި އެވެ.
މަރުހޫމް ބޮލީވުޑް އެކްޓަރު މެހްމޫދުގެ ދަރިއެއް ކަމަށްވާ ލަކީ އަލީއަށް އޭނާގެ ގޯސް ވިސްނި، އޭނާގެ ފޭސްބުކް ޕޭޖުގައި މައާފަށް އެދުނެވެ. އޭނާގެ ނިޔަތަކީ އެއްވެސް މީހެއްގެ މެދުގައި އުނދަގުލެއް ނުވަތަ ރުޅިވެރިކަން އުފެއްދުމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މީހުން ގާތް ކުރުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އަދި އޭނާގެ ޕޯސްޓު ނިކުތީ އޭނާ މާނަކުރި ގޮތަށް ނޫން ކަމަށާއި، ޕޯސްޓް ކުރާ އެއްޗަކާއި އިބާރާތް ކުރާ ގޮތާ މެދު އިތުރަށް ސަމާލުވާނެ ކަމަށް ވެސް އޭނާ އެއްބަސްވެ އެވެ. އޭނާގެ ހުރިހާ ހިންދޫ އަޚުންނާއި އުޚުތުންނަށް ފުން ހިތާމައާއި ލޯބި ފާޅުކުރެއްވިއެވެ.
ލަކީ އަލީގެ މައާފަށް އެދުމުގެ ޕޯސްޓުގައި ލިޔެފައިވަނީ މިހެންނެވެ.
“ލޮބުވެތި އެންމެން،
އަޅުގަނޑުގެ އެންމެ ފަހުގެ ޕޯސްޓުގެ ކޮންޓްރޯވަރސް އަޅުގަނޑަށް ވިސްނޭ. އަހަރެންގެ ނިޔަތަކީ އެއްވެސް މީހެއްގެ މެދުގައި އުނދަގުލެއް ނުވަތަ ރުޅިވެރިކަމެއް އުފެއްދުމެއް ނޫން ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަހަރެންގެ ނިޔަތަކީ، އޭގެ ބަދަލުގައި އަހަރެމެން އެންމެން ގާތްކުރުން… އެކަމަކު އަހަރެން މާނަކުރި ގޮތަށް އެކަން ނުނިކުތް ގޮތް އަހަންނަށް ވިސްނޭ. އަޅުގަނޑު މި ޕޯސްޓްކުރާ އެއްޗަކާއި އަޅުގަނޑުގެ އިބާރާތްތަކަށް އިތުރަށް ހޭލުންތެރިވާނެ، މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ އަޅުގަނޑުގެ ހިންދޫ އަޚުންނާއި އުޚުތުންގެ ތެރެއިން ގިނަ އަޚުންނާއި އުޚުތުން ކަންބޮޑުވެފައިވާ ކަމެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަމެވެ. އައި ލަވް ޔޫ އޮލް.”
ލަކީ އަލީ ލައިމްލައިޓުން ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މުޅި އިންޑިއާ އާއި އިންޑިއާއިން ބޭރުގައި ވެސް ގިގްސް ޕާފޯމް ކުރަމުން އަންނަ ކަމަށް ވެ އެވެ. އޭނާ މަޝްހޫރުވެފައިވަނީ އޯ ސަނަމް، ނާ ތޫމް ޖާނޯ ނާ ހޫމް، އަންޖާނީ ރާހޯން މޭން، ސަފަރުނާމާ، އަދި އެހެނިހެން ހިޓް ލަވަތަކުންނެވެ. މީގެ އިތުރުން ސޫރު، ކާންޓޭ، އަންޖާނާ އަންޖަނީ، އަދި ތަމާޝާ ފަދަ ފިލްމުތަކުގައި ވެސް އޭނާ ވަނީ އެކްޓްކޮށްފަ އެވެ.


