ވާހަކަ

ކުރުވާހަކަ: ކެހިވެރިޔާ

ފާތިމަތު ރައުލާ

އުޑުގެ އެއްކޮޅަށް އަނެއްކޮޅަށް ފެތުރިފައި އޮތްކުލަ ގަދަ، ވިއްސާރަ ދުނީގެ ފޮޓޯ ނަގަމުން އަތިރިމަތީ އުޅުނު އާރިޒްގެ ލޮލުގައި އެއަޅައިގަތީ ގޮނޑު ދޮށުގައި ތެލި ދޮންނަން އޮތް ޒުވާން ޖިންސުއް ލަތީފެކެވެ. މޫނު ނުފެނުނަސް، ދިގު އިސްތަށިގަނޑުން އާރިޒްގެ ހިތުގެ ވިންދު އަވަސްކޮށްލިއެވެ. ފޯނުން ކްލިކްވީ އަޑު ޖެހުމާއެކު އަންހެން ކުއްޖާގެ މޫނު، އާރިޒްއާއި ދިމާލަށް އަނބުރާލިއެވެ. އެ ޗާލު މޫނު ފެނުމުން އާރިޒްއަށް ބޭއިޚްތިޔާރުގައި ” މާޝާﷲ ” އޭ ބުނެވުނެވެ. އެހާވެސް ޗާލެވެ.

ކުލަ އަލި ނޫނަސް ވަރަށް ރީތްޗެވެ. މޫނުމަތީގެ ހަންގަނޑު އޮމާންވެފައި ވިދުމެއް އަރާފައި ހުއްޓެވެ. އޭނާގެ ލޮލުގެ ކަޅީގައި ވަނީ މަޑު ނޫކުލައެކެވެ. ދިވެހިންގެ ތެރޭގައި މާ އާންމު ކުލައެއް ނޫންކަމުން އާރިޒްގެ ހިތް ދަމައިގަންނަ ކަހަލަ ގޮތެއްވިއެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވެންޏާ އާރިޒް ހުރީ ލޯބިވާ ވަރުވެފައެވެ. ނަމަވެސް އާރިޒް އަކީ ހިތުގެ  އަޑު އަހާމީހެއް ނޫނެވެ. މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ރާއްޖެތެރެއިން ކައްޕަޅި މީހަކާ ގުޅޭކަށް ބައްޕަ އަމުދުން ޤަބޫލެއްނުވާނެއެވެ. ނަމަވެސް އޭނާގެ ކާމިޔާބީގެ ލިސްޓަށް އެ ލޯބިލޯބި އަންހެން ކުއްޖާގެ ނަންވެސް އިތުރުކުރަން ބޭނުންވިއެވެ.

ގުޅުންހުރި ލިޔުންތައް

އެ އަންހެން ކުއްޖާ ބަލަމުން ދިޔަ ގޮތުން އާރިޒް އާ މެދު އޭނާގެ ޚިޔާލު މާ ރަނގަޅު ނޫންކަން އެނގުނެވެ. ނަމަވެސް އާރިޒްގެ ހިޔާލު ބަދަލެއްނުވިއެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން މުސްކާން ދިޔައީ ގޭގައި ހަޑިވެފައި ހުރި ތެލިތައް ދޮންނަން ގޮނޑުފޮށަށެވެ. ރާޅު ބީއްސާ ހިސާބުގައި ހުދު ދޮންވެލިސަނޑުގައި ގުދުވެލައިގެން އޮވެ މުސްކާން ތެލި ދޮންނަން ފެށިއެވެ. އޭނާ އަށް ސިހުމެއް ގެނެވުނީ ފަހަތުން މީހަކު ފޮޓޯ ނަގާލި އަޑަށެވެ. ފަހަތަށް އެނބުރި ބަލާލުމުން ފެނުން ސޫރައަކުން ހިތަށް އިތުރު ފޫހިކަމެއް ގެނުވިއެވެ.

އެތަނުގައި ހުރީ އެއްކަލަ އާރިޒްއެވެ. އާރިޒްގެ ފެންވަރު މުސްކާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ބައްޕަގެ ބުރަ މަސައްކަތުން ހޯދާ ލާރިކޮޅު ބޭކާރު ގޮތުގައި ހުސްކުރަނީއެވެ. އަމިއްލަ ވަޒީފާއެއް ނެތި މަގުމަތީގައި ތެޅިފޮޅެނީއެވެ. އަބަދުވެސް ކޮންމެވެސް އަންހެން ކުއްޖެއް ފަހަތު އަޅުވައިގެންނެވެ. ނަމަވެސް ގިނަ ކުދިން ދަނީ މީނާގެ މޫނަށް ފުރަގަސްދެމުންނެވެ.

މުސްކާން އަވަސް ވެ ގަތީ ގެޔާ ދިމާލަށް ދިއުމަށެވެ. އޭނާ ފަހަތުން އާރިޒް އައިސް އޭނާއާއި ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އޭނާ އަށް ކެތްނުވެގެން އޭނާގެނަން ބުނެ ތަޢާރަފްވެލިއެވެ. އަދި މުސްކާންގެ ނަންވެސް އަހާލިއެވެ. ނަމަވެސް މުސްކާން ހީވަނީ މައްމަނެއް ހެންނެވެ. އާރިޒް މުސްކާންގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް އަނބުރާލިއެވެ. އައިރުޅީގައި އާރިޒްގެ ކޯތާފަތްމަތީ ގައި ބާރަކަށް ޖެހިއެވެ. އާރިޒް އިށް އައި ސިހުމެއްގެ ތެރޭގައި މުސްކާން ގޮސް ގެއަށް ދިޔައިރުވެސް ނޭނގުނެވެ. އޭނާ އެ ކުރި ކަންތަކަށް ހިތިކޮށް ބަދަލުހިފަން އާރިޒް ނިންމިއެވެ.

އާރިޒް މުސްކާނާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް ހޯދިއެވެ. އެކަނިވެރި މައެއްގެ ހުރި ހަމައެކަނި ދަރިއެވެ. ރަށުތެރޭގައި ކިޔާ އަޑު އިވެނީ މީހަކު އޭނާގެ މަންމަ އިއްފަތްތެރިކަމަށް އަރައިގަތީއެވެ. ހަޤީޤަތް އެނގޭނީ އެދެމައިންނަށެވެ. އެދެ މައިންނާ ގުޅޭ ބަޔަކު ވަރަށް މަދުވާނެއެވެ.

މުސްކާންގެ މަންމަ މުސްނާ ނެތް ދުވަހެކެވެ. ބަދިގޭގެ މަސައްކަތްތައް ކޮށްނިންމާލުމަށްފަހު މުސްކާން ގޭތެރެއަށް ވަދުނީ ވަރުބަލި ފިލުވުމުގެ ނިޔަތުގައެވެ. އިތުރު މީހަކު އުޅޭ ހެން ހީވިއެވެ. ނަމަވެސް ވިސްނާ ނުލާ ހުއްޓައި ބޮލުގައި ބާރަކަށް އެއްޗަކުން ޖެހިއެވެ. އެވަގުތު އޭނާގެ ހޭވެރިކަން ދިޔައެވެ. ހޭނެތިފައި އޮތް އެނިކަމެތި ދަރިފުޅުގެ އިތްފަތްތެރިކަން ވެއްޔާ މޮޑެލީ އެވަގުތުއެވެ. މި ކަމުގައި ބައިވެރިވީ ހަމައެކަނި އާރިޒްއެއް ނޫނެވެ. އާރިޒް ރައްޓެހި 2 ފިރިހެނުން ވެސްމެއެވެ.

މުސްނާ ގެޔަށް ވައިތް އިރު ދެ ތިން ފިރިހެނުންގެ ފައިވާން ބޭރުގައި ހުއްޓެވެ. މަޑު މަޑުން ގޮސް ކޮޓަރިއަށް ވަތްއިރު ކަމަކު ދާކަށްނެތެވެ. އޭނާގެ ހުރި ހަމައެކަނި ފުރާނަ ނޮޅާ ކުދި ކުރަނީއެވެ. މުސްނާ ބަލާކަށް ނުހުރެ އަވަށު މީހުން އެއްކޮށް އެމީހުންގެ އެހީގައި އެ ތިން ފިރިހެނުން ހައްޔަރު ކުރެވުނެވެ. މުސްކާން އަށް ހޭވެރިކަމެއް ވުމާއެކު ގައިގެ އެކި ދިމަ ދިމާލުގައި އަޅަމުންދިޔަ ވޭން އިހްސާސްކުރެވުނެވެ. މަންމަގެ އިތްފަތްތެރިކަމަށް އަރައިގަތީ އެންމެ ލޯބިވި އިންސާނާއެވެ. ނަމަވެސް މުސްކާނުގެ އިތްޒަތް ވެއްޔާ މޮޑެލީ އެންމެ ނަފުރަތުކުރި އިންސާނާއެވެ. ދެ މައިންނަށްވެސް ލިބުނީ އެއް ލަނޑެކެވެ.

އެ ދެމީހުންނަށް ވީ ވަރަކުން މަސައްކަތްކޮތް އެހެން ރަށަކަށް އެއްކޮށް ދިރިއުޅުން ބަދަލުކޮށްލީއެވެ.  

ނިމުނީ…..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close