ވާހަކަ

ބާކީ (ކުރުވާހަކަ)

މުޙައްމަދު ޒައިދު    

މިއަދަކީ އަހަރެންގެ ހަޔާތުގައި ވަރަށް މުހިންމު ދުވަހެކެވެ. މިއަދު މި ޚާއްޞަ ވެގެންވަނީ އަހަރެންނަށެވެ. ޖަލްސާގެ މާހައުލުގައި ދިއްލާފައިވާ ކުލަކުލައިގެ ބޮކިތަކުން އަހަރެންނަށް ހިތްހަމަޖެހުން ގެނުވިއެވެ. އަދި އެ ވަގުތު އެ މާހައުލުގައި ތިބި މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ނަމަވެސް މިކަމާ ކަންބޮޑުވާ މީހުންވެސް ވަކި މަދެއް ނޫނެވެ. މިވަގުތު އިންތިޒާރު ކޮއްގެން މިއިނީ ބެސްޓް އޯލް ރައުންޑަރގެ މަގާމަށެވެ. ދެން އޮތީ އެންމެ އިންތިޒާރު ކުރާ ވަގުތެވެ. 2019 ވަނަ އަހަރުގެ ބެސްޓް އޯލް ރައުންޑަރ އިއުލާން ކުރުމެވެ. އެވަގުތު އަހަރެންގެ ހިތް ހީވަނީ ތިން ފިސްޓަންގެ އިންޖީނެއް ހެންނެވެ. މި އަހަރުގެ ބެސްޓް އޯލް ރައުންޑަރ އަކީ… މުހައްމަދު… ފައުޒާންއެވެ. އެވަގުތު އަހަރެންގެ ހިތަށް ގެނުވީ ހިތާމަވެރިކަމެވެ.

އަހަރެންނަށް ބެސްޓް އޯލް ރައުންޑަރ ނުލިބުނު ކަމުގައިވިޔަސް އަހަރެންގެ ހިތްވަރު އެލުވައެއް ނުލަމެވެ. އެ ރޫހާއި ޖޯޝާއި އެ ފޯރީގައި އަހަރެންގެ ކިޔެވުން ކުރިޔަށް ގެންދިޔައީމެވެ. އަހަރެންނަކީ ސުކޫލު ދައުރުގައި އެހައި ކިޔަވަން އުޅުނު ކުއްޖެއް ނޫނެވެ. ސުކޫލަށް ދަނީ އަނގޮޓި އާއި ފަށް އަޅައިގެންނެވެ. ނެގޭ ޓެސްޓުތަކުން އެންމެ ކުޑަމިނުން ފާހެއް ހާހިސާބުވެސް ނުލިބެއެވެ. ޑިސިޕްލިންގެ މައްސަލަތަކުގައި ލީޑިންޓީޗަރުން އަހަރެން ވަރަށް ގެންދެއެވެ. އަހަރެންގެ ބޮލުގެ އިސްތަށިގަނޑު ދިގުވުމުން ކޮށުވޭނީ 2 މީހުން ހިފަހައްޓާ ގަދަކަމުންނެވެ. ނިޔަފަތިތަށް ހީވާނީ އެހެރަ ސަމުސާ ތަކެއް ހެންނެވެ. އަހަރެންގެ ތައުލީމީ ހަޔާތް ނިންމާލިއިރު ފާސްވެފައިވަނީ “ދިވެހި” މާއްދާއިން އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

ކުރާނެ މަސައްކަތެއް ނުލިބި މުޖުތަމައުގައިވެސް ބޭކާރު ކުއްޖެއް ގޮތުގައި އަހަރެން ވިއެވެ. އެހެން އުޅެމުން ގޮސް ދުވަސްތަކެއް ވޭތުކުރަމުން  ރަންދެލި ރިސޯޓުގެ ރޫމްބޯއި މަސައްކަތުގެ ވަޒީފާއަށް ހުޅުވާލައިފައި އޮތެވެ. ވަޒީފާއަށް ދާން ވެގެން ޕޮލިސް ރިޕޯޓު ހައްދާ ހުރިހާކަމެއް ނިމި ވަޒީފާވެސް ހަމަޖެހިގެން ދިޔައެވެ. ވަޒީފާގެ މުސާރައަށް ލިބެނީ ކިހާވަރެއް ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ.

ބައްޕައަކީ އަބަދުވެސް ރަނގަޅު ވަޒީފާއަކަށް ދާން ނަސޭހަތްތެރިވާ މީހެކެވެ. މިއީ ނަސީބެކެވެ. އަހަރެންގެ ވަޒީފާވެސް މި ލިބުނީ ވަރަށް ވަރުންނެވެ. އެއީ މި ވަޒީފާއަށް ކުރިމަތި ލައިފައި ވަނީ މާފަރުން އަޅުގަނޑާއި އަދި ހދ އަތޮޅުން އައި ލަތީފް ކިޔާ ކުއްޖެކެވެ. އިންޓަރވިއު އިން ފާސްވީ އަޅުގަނޑެވެ. ނަމަވެސް މި ވަޒީފާއިން ވަކިމަވުމަށްފަހު 2 ވަނަ މީހާއަށް މިފުރުސަތު ލިބޭނެ ވާހަކަވެސް އިންޓަރވިއުގައި ބުންޏެވެ.

ވަޒީފާގެ ފުރަތަމަ ދުވަހުވެސް ޑިއުޓީއަށް ދެވުނީ ގަޑިޖެހިގެންނެވެ. ނަމަވެސް އެރިސޯޓުގައި އުޅޭ މީހުން ކަންތައްތައް ކޮށްދެނީ ވަރަށް ރަނގަޅަށެވެ. މިގޮތަށް ވަޒީފާގައި އުޅޭތާ 6 މަސްވެދާނެއެވެ. 7 ވަރަކަށް މަސް ވީތަނުން ރަންދެލި ކައިރިން ވެލާ ކިޔާ އައު ރިސޯޓެއް ހުޅުވިއެވެ. އެ ރިސޯޓުގައި ރެސްޓޯރެންޓުގައި ވެއިޓަރުކަން ކުރަން ވެއިޓަރުގެ ވަޒީފާއަށް އިއުލާން ކުރިއެވެ. އެ ވަޒީފާ މާ ރަނގަޅު ވާނޭ ކިޔާ އެ ރިސޯޓަށް ދިޔައީމެވެ. އަހަރެންގެ ރޫމްބޯއިގެ ވަޒީފާ ލިބުނީ ހދ އަތޮޅުން އަހަރެންނާއެކު އިންޓަރވިއުއަށް އައި ލަތީފް އަށެވެ. ވެލާ ރިސޯޓުގެ އެއްވެސް މައުލޫމާތެއް ނުބަލައި އެތަނަށް ބަދަލުވީ ފޮނި އުންމީދުތަކާއި އެކުއެވެ.

އެރިސޯޓުގެ ކޮންމެ ވަޒީފާއަކަށް މަދުވެގެން 4 ފާސް ބޭނުންވެއެވެ. ކަންދިމާކުރީ މިހެންނެއް ނޫނެވެ. އަހަރެން ފާސްވީ ހަމައެކަނި ދިވެހި މާއްދާއިންނެވެ. “އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ނުގަންނާށެވެ” މިއީ އަހަރެންގެ ބައްޕަ އަހަރެންގެ ކައިރި ވަރަށް ގިނައިން ކިޔާ އެއްޗެކެވެ. މިއަދު މިވީ ހަމަ އެހެންނެވެ. ބައްޕަ ބުނިބަސް އަޑު އަހައިގެން މަސައްކަތްކުރިނަމަ މިހެނެއް ނުވީހެވެ. އެއްތާކުންވެސް ވަޒީފާއެއް ނުލިބި ޖެހުނީ ރަށަށް އެނބުރި އަންނާށެވެ. އަހަރެންގެ ހަޔާތުގެ ބާކީ ސަފްހާތަށް ބޭކާރު ގޮތުގައި ގުނަމުން ދިޔައީ ރަށުގައެވެ. އެކަނިމައި އެކަންޏެވެ. ބާކީވެފައެވެ.

ނިމުނީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close