ޚަބަރު

އަރްޔާން ޚާންއަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ޖަމާވެއްޖެ

ބޮލީވުޑްގެ ސްޕަސްޓަރ ޝާހްރުކު ޚާންގެ ދަރިފުޅު އަރްޔާން ޚާންއަށް މަރުހަބާ ކިޔުމަށް ބަންދްރާގައި ހުންނަ ޝާހް ރުކް ޚާންގެ ގެކަމަށްވާ މަންނާޓް ކައިރިއަށް އެތައް ހާސް ބަޔަކު ޖަމާވެއްޖެއެވެ.

އަރްޔާން ޚާނަށް މަރުހަބާ ކިޔުމަށް ޝާހްގެ ސަޕޯޓަރުން ޖަމާވެފައިމިވަނީ 28 ދުވަސް ވަންދެން ޖަލުގައި ހުރުމަށްފަހު އާތަރ ރޯޑް ޖަލުން އަރުޔާން ޚާން  ދޫކޮށްލުމުންނެވެ.

ބައެއް ސަޕޯޓަރުން އައިސްފައިވަނީ މަރުހަބާ ކިޔާ ބެނާތައް ހިފައިގެން ނެވެ. އެއްވި މީހުން ޝާހްގެ ގެއަށް ވަދެގެންފާނެތީ ފުލުހުންނާއި ސަލާމަތީ އޮފިޝަލުންނަށް ވަނީ ސެކިއުރިޓީ ކަށަވަރުކުރުން އުނދަގޫވެފައެވެ.

އެއްވި މީހުންނާއި، ފުލުހުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައި ވާއިރު ވެހިކަލްތައް ގޭޓުތަކަށް ވަނުމުގެ ކުރިން މީހުންތައް ފުލުހުންވަނީ މީހުންތައް ދުރައްޖައްސާފައެވެ.

އަރްޔާން ޚާން ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އަރީންގެ މައްޗަށް މަސްތުވާތަކެތީގެ ނާޖާއިޒު ޑީލްތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

އެންސީބީގެ އޮފިޝަލުންނަށް އޭނާގެ އަތުން އެއްވެސް ޑްރަގެއް ނުފެނުނު ނަމަވެސް އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ ކާޓެލްއަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close