ޚަބަރު ހޮޅުދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ހޮޅުދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ.ހޮޅުދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ހަތްދިހަ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އަށް ހަވާލުކުރި އެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދުއެވެ.

މިހާރު ވެސް އެ ކުންފުނިން ރާއްޖޭގެ 16 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.

ޓެގް

އާރުޑީސީ ހޮޅުދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.