ޚަބަރު ރަސްމާލޭގެ ބިން ދޫކުރުމާ ދެކޮޅަށް އިދިކޮޅުން "ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ވަރުގަދަ ހަރަކާތެއް ފަށައިފި

ރަސްމާލޭގެ ބިން ދޫކުރުމާ ދެކޮޅަށް އިދިކޮޅުން "ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ވަރުގަދަ ހަރަކާތެއް ފަށައިފި

ރަސްމާލޭގެ ބިން ދޫކުރުމާ ދެކޮޅަށް އިދިކޮޅުން "ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ވަރުގަދަ ހަރަކާތެއް ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ތަރައްގީކުރަމުންދާ ރަސްމާލެ މަޝްރޫއުގެ ބިން ބޭރުގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް 99 އަހަރަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ސިޔާސީ އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން "ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ގައުމީ ހަރަކާތެއް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ހަރަކާތް ފަށާފައިވަނީ މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ހަރަކާތް އިފްތިތާހުކޮށްދެއްވަމުން ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް އެއް މަގުސަދަކަށް ގެނައުމަށް ފެށި މަސައްކަތެއް ކަމަށެވެ. އަދި އީގަލް ހިލްސްއަށް ބިން ދޭން ނިންމި ނިންމުން ސަރުކާރުން ބާތިލުކުރަންދެން މި ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އިމްރާން ތުހުމަތުކުރެއްވި ގޮތުގައި، ދައުލަތުގެ ބަޖެޓުން 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ހިއްކާ ބިމުގެ ތެރެއިން ބޮޑު ސަރަހައްދެއް، ދިގު މުއްދަތަކަށް ބޭރުގެ ބަޔަކަށް ދޫކޮށްލުމަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ. މީގެ އިތުރުން މިއީ ޒަޔަނިސްޓުންގެ ނުފޫޒު ފޯރުވުމަށް ޖާގަ ލިބިގެންދާނެ ނުރައްކާތެރި އަމަލެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

އިމްރާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ބިމާއި ފަޅުތައް ބޭރުގެ އިންވެސްޓަރުންނަށް ދޫކުރަންވާނީ ރައްޔިތުންގެ ބައިވެރިވުމާއި ދެފުށް ފެންނަ ހާމަކަން ބޮޑު އުސޫލެއްގެ ތެރެއިންނެވެ. އަދި ދިވެހި ތާރީހުގައި ގައުމަށް ހިޔާނާތްތެރިވި ކޮންމެ ފަހަރަކު ދިވެހިން ނުކުމެ ގައުމު ސަލާމަތްކޮށްފައިވާ ކަމަށް ވިދާޅުވެ، މި މަސައްކަތުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތައް އަދި ދިވެހި ލޮބުވެތި ރައްޔިތުން އެކަތިގަނޑަކަށް ވެގެން ބައިވެރިވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ޓެގް

ރަސްމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.