ބޭރުދުނިޔެ

ސިންވާރުގެ މަރަކީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފުރުޞަތެއް: އެމެރިކާ

އިޒްރާއީލުން ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމަކީ ޣައްޒާގައި ހިނގަމުންދާ “ނުރައްކާތެރި ހަނގުރާމަ” ނިމުމަކަށް ގެނައުމުގެ ފުރުޞަތެއް ކަމުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

“ސިންވާރުގެ މަރަކީ ދެމެހެއްޓެނިވި ހުއްޓުމަކަށް ވާސިލުވުމަށާއި، މި ނުރައްކާތެރި ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި، އިޒްރާއީލީން ދެކުނު އިޒްރާއީލުގައިވާ އެމީހުންގެ ގެތަކަށް ރައްކާތެރިކަމާއެކު އެނބުރި ދިއުމަށާއި، ޣައްޒާގެ ހާލު ރަނގަޅުކުރުމަށް އިތުރު އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ހަމާސްގެ ވެރިކަމުގެ ދަށުން ގިނަ ދުވަސްތަކެއްވަންދެން އުޅެމުން އައި ފަލަސްޠީނު ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުއްމީދު ގެނެސްދިނުމަށް ލިބުނު ޚާއްޞަ ފުރުޞަތެއް” އޮސްޓިން ބުނެފައިވެއެވެ.

އޮސްޓިން ބުނީ ސިންވާރު މަރާލުމަކީ “ޓެރަރިޒަމާ ދެކޮޅަށް ކުރެވުނު މުހިންމު ކާމިޔާބީއެއް” ކަމުގައެވެ.

ޕެންޓަގަނުން ކުރިން ބުނެފައިވަނީ ސިންވާރު މަރާލުމުގައި އެމެރިކާގެ ބާރުތަކުން “ސީދާ ބައިވެރިވެފައި” ނުވާ ކަމަށެވެ. “މިއީ އިސްރާއީލީ އޮޕަރޭޝަނެއް ކަމަށެވެ.”

“ރަހީނުން ސަލާމަތްކުރުމާއި ރަހީނުން ހިފެހެއްޓުމުގައި ޒިންމާވާ ހަމާސްގެ ލީޑަރުން ހޯދުމާއި ދެނެގަތުމާ ގުޅޭގޮތުން މަޢުލޫމާތާއި އިންޓެލިޖެންސް ފޯރުކޮށްދިނުމުގައި އެމެރިކާއިން އެހީތެރިވެފައިވާނެއެވެ،” ތަރުޖަމާނު ޕެޓް ރައިޑަރ ނޫސްވެރިންނަށް ކިޔައިދިނެވެ.

ސިންވާރު ހަމާސްގެ ސިޔާސީ އިސްވެރިޔާގެ މަޤާމާ ހަވާލުވެވަޑައިގަތީ އޯގަސްޓް މަހުގައެވެ. އޭނާ ވަނީ އިސްމާއީލް ހަނިއްޔާގެ ބަދަލުގައި މި މަޤާމާ ހަވާލުވެވަޑައިގެންފައެވެ.

ހަނިއްޔާ އަވަހާރަވީ އީރާނުގެ ވެރިރަށް ތެހުރާނުގައި އީރާނުގެ އައު ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު ޖުލައި 31 ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close