ޚަބަރު 1,200 އަށް ވުރެ ގިނަ މަޝްރޫއަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި: ވަޒީރު ޒަރީރު

1,200 އަށް ވުރެ ގިނަ މަޝްރޫއަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި: ވަޒީރު ޒަރީރު

1,200 އަށް ވުރެ ގިނަ މަޝްރޫއަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި: ވަޒީރު ޒަރީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް 1,273 މަޝްރޫއެއް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ވަގުތުން ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "އަހާ ފޯރަމް" ގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މަސްރަހާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދާ ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ސަރުކާރުން އިސްކަންދޭ ތަރުތީބުން މަޝްރޫއުތައް ކަނޑައަޅައި، އެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހަމަޖައްސައިގެން ބާރަށް ކުރިއަށް ގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ 2028 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، ކުނި މެނޭޖުކުރުން، ކުޅިވަރު އަދި ސިއްހީ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމެވެ. މި މަސައްކަތްތަކަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.

ޓެގް

މާލީއިދާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.