ޚަބަރު ޑްރަގް ކެފޭ" އެޕާޓްމަންޓުން އަތުލައިގަތް 6 މީހުންގެ ބަންދަށް 30 ދުވަސް

ޑްރަގް ކެފޭ" އެޕާޓްމަންޓުން އަތުލައިގަތް 6 މީހުންގެ ބަންދަށް 30 ދުވަސް

ޑްރަގް ކެފޭ" އެޕާޓްމަންޓުން އަތުލައިގަތް 6 މީހުންގެ ބަންދަށް 30 ދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގައި "ޑްރަގް ކެފޭއެއްގެ" ގޮތުގައި މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ އެޕާޓްމަންޓެއް ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކޮށްދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އެންމެންގެ މައްޗަށްވެސް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، އެ ތަކެތި ބަންދުކޮށްގެން ވިޔަފާރިކުރުމާއި ޓްރެފިކް ކުރުމުގެ އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކުރި އެޕާޓްމަންޓު ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، އެ ތަކެތި ކިރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ކައްޓާއާއި، ރަބަރު ޕެކެޓުތަކަށް އަޅާފައިވާ ފައިސާގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އެކި ސާމާނު ފެނިފައިވާކަން ކޯޓު އަމުރުން އެނގެއެވެ. އަދި އެ ތަނަކީ އާންމުކޮށް އައިސް މަސްތުވާތަކެތި ބޭނުންކުރެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ ތަނެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކޯޓުގައި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތުހުމަތުކުރެވޭ މީހުން ވަނީ އެ ތަނުން ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

ނަމަވެސް ފުލުހުން ކޯޓުގައި ބުނެފައިވަނީ، ހައްޔަރުކުރެވުނު ބައެއް މީހުންނަކީ އެ އެޕާޓްމަންޓަށް ގަވާއިދުން ވަދެ ނުކުމެ އުޅޭ މީހުންކަން ހެކިބަހުން އެނގެން އޮތުމުން އެ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.