ޚަބަރު ގަވާއިދާ ޚިލާފުވެގެން ފައިސާ މާރުކުރާ ކުންފުންޏެއް ބޮޑު އަދަދަކުން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

ގަވާއިދާ ޚިލާފުވެގެން ފައިސާ މާރުކުރާ ކުންފުންޏެއް ބޮޑު އަދަދަކުން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

ގަވާއިދާ ޚިލާފުވެގެން ފައިސާ މާރުކުރާ ކުންފުންޏެއް ބޮޑު އަދަދަކުން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަނީ ޗޭންޖިން ވިޔަފާރިކުރުމާ ބެހޭ ގަވާއިދާ ޚިލާފުވި ކުންފުންޏެއް ބައި މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިރޭ ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކުން ފިޔަވަޅު އަޅާފައިވަނީ "އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އާ ދެކޮޅަށެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އަމަލުކުރުމުގެ ސަބަބުން އެ ކުންފުނި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އެ ތަނަށް ދީފައިވާ މަނީ ޗޭންޖިންގ ލައިސަންސް މިއަދުން ފެށިގެން ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ.

މި ފިޔަވަޅާއެކު އެމްއެމްއޭއިން ވަނީ ބޭރު ފައިސާ މާރުކުރުމާއި ގަނެވިއްކުމުގެ ހުރިހާ މުއާމަލާތެއްވެސް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ހިންގުމަށް ހުރިހާ ވިޔަފާރިތަކަށް ހަނދާންކޮށްދީފައެވެ.

މީގެއިތުރުން، ބޭރު ފައިސާގެ މާކެޓު ހަމަމަގަށް އެޅުވުމަށާއި ގަވާއިދާ ޚިލާފަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.

ޓެގް

އެމްއެމްއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.