ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އެކުލެވޭ "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނެވި އައްޝައިޚް މުހައްމަދު ހަލީމް އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
މިކަން އެ ހަރަކާތުން މިހާރު ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
އެ ހަރަކާތުން މައުލޫމާތު ދިން ގޮތުގައި ޝައިޚް ހަލީމް ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގަތީ މީގެ ދެތިން ދުވަސް ކުރިންނެވެ. ޝައިޚް ހަލީމަކީ ޖަމިއްޔަތުއްސަލަފުގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އިލްމުވެރިންގެ ގުޅުމުގެ ރައީސްކަމުން އެމަނިކުފާނު ވަކިވެވަޑައިގެންނެވި ނަމަވެސް، އެ ޖަމިއްޔާގެ އާންމު މެންބަރެއްގެ ގޮތުގައި އަދިވެސް ދެމިހުންނެވި ކަމަށް އެނގިފައިވެއެވެ.
ޝައިޚް ހަލީމް މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން، ސަލަފު ޖަމިއްޔާއަށް ނިސްބަތްވާ އިސް އިލްމުވެރިންތަކެއް ވަނީ އިލްމުވެރިންގެ ގުޅުމުން އެއްކޮށް ވަކިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ސަލަފުގެ ރައީސް އަބްދުﷲ މުހައްމަދާއި، އެ ޖަމިއްޔާގެ ތަރުޖަމާން އައްޝައިޚް ހަސަން މޫސާ ފިކުރީގެ އިތުރުން ޑރ. އަލީ ޒާހިރު ހިމެނިވަޑައިގަންނަވައެވެ. މިއީ އެ ޖަމިއްޔާގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ހާމަވެގެންދިޔަ ކަމެކެވެ.
އިލްމުވެރިންގެ ގުޅުމުގެ އެތެރޭގެ މަސްރަހު ހޫނުވެ، އިސް ބޭފުޅުން ވަކިވެވަޑައިގަންނަވަން ފެށީ ސަރުކާރުން ކުރިއަށް ގެންދާ "ރަސްމާލެ" މަޝްރޫއާ ގުޅިގެންނެވެ. އެ ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް އައްޝައިޚް ޒަމްޒަމް ފާރިސް ގެންދަވަނީ ރަސްމާލެ މަޝްރޫއާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވައި، މީސްމީޑިއާގައި ތަފާތު މައުލޫމާތުތައް ހިއްސާކުރައްވަމުންނެވެ. މި މައްސަލައިގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ދީނީ ބައެއް އިލްމުވެރިންގެ ފާޑުކިޔުންތައް އެ ގުޅުމަށާއި ޝައިޚް ޒަމްޒަމް ފާރިސަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އިސްވެރިންގެ މެދުގައި ވެސް މިކަމާ ގުޅިގެން ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
ކޮޕީރައިޓް © 20
ކޮމެންޓް (0)
ލޯޑް ކުރަމުން...