ޚަބަރު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ޝެޑިއުލްކޮށްފި

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ޝެޑިއުލްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކަނޑުމަގުން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ޝެޑިއުލް ކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 12ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯރސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެކެވެ.

މި މައްސަަލައިގައި ފުލުހުން 7 މީހަކު ހައްޔަރު ކުރި ނަމަވެސް އޭގެ ތެރެއިން ދައުވާކޮށްފައި ވަނީ 6 މީހެއްގެ މައްޗަށެވެ.

މިއީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ ދޯނިން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެސް ވެއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ)އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށެވެ.

ޓެގް

130ކިލޯގެޑްރަގްސް މަސްތުވާތަކެތި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.