ޚަބަރު

ހޯމް މިނިސްޓްރީ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި

ރައީސް ގެ ސީދާ އެންގެވުމަށް ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފިއެވެ.

14 އޮކްޓޯބަރުގައި ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ 5/2008 ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ “މޯލްޑިވްސް ޕޮލިސް ސާވިސް” އަކީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ “ދިވެހި ފުލުހުންގެ ހިދުމަތް” ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރާތީއާއި، އެ ޤާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމިމަކަށް ގެނެވިފައިވާ ކަމަށެވެ.

އަދި، އެ މިނިސްޓްރީގެ މަސައްކަތް ދެން ކުރަން ހަމަޖައްސާފައިވާ ގޮތުގެ ލިޔުމެއް ރައީސް އޮފީހުން ވަނީ މިނިސްޓަރު އިމްރާނަށް ފޮނުވާފައެވެ. “ދިޔަރެސް” އަށް ވަނީ ރައީސް އޮފީހުން އިމްރާނަށް ފޮނުވި ސިޓީގެ ކޮޕީއެއް ލިބިފައެވެ.

އެހެން ނަމަވެސް އެ މިނިސްޓްރީން ދެން ކުރަން ޖެހެނީ ކޮން މަސައްކަތެއް ކަމެއް އަދި ނޭނގެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިބދަލަކީ ކުއްލިއަކަށް ގެންނެވ ބަދަލެއް މޫނެވެ. ކުރިން ވެސް ރޭވިފައިވާ ބަދަލެކެވެ.

ހޯމް މިނިސްޓަރަކީ ސަރުކާރުގެ އެންމެ ބާރުގަދަ އެއް މަޤާމެވެ. އަދި ވަކިވަކި ފުލުހުންނަށްވެސް އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ކުރިން އޮވެއެވެ.

މިކަމާއި ގުޅޭ ގޮތުން އަދި ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް އިއުލާންކޮށްފައި ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close