ޚަބަރު

ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވާނެތީވެ ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރޭގައި ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ނ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލު ނެރެފައިވަނީ ރޭގެ 21:00 އިން ފެށިގެން މިރޭ 12 އާއި ހަމައަށެވެ.

ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު، މިރޭ 21:00 އާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވެސް ވަނީ ނެރެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާ މި ދުވަސްކޮޅުގައި އެމްއެންޑީއެފުން ވެސް ވަނީ ކުރިއަށް އޮތް ތިން ދުވަހު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް ކުދި އުޅަނދުތައް އެދުވަސްތަކުގެ ރޭގަނޑުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކުދި އުޅަނދުތަކުގައި ރޭގަނޑު ދަތުރު ނުކުރުމަށްވެސް ސަލާމަތީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close