ޚަބަރު

މާލެ ސިޓީ ޕީޕީއެމް ކައުންސިލަރުންނާއި، އެޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފި


މާލޭ ސިޓީ ކައުންސިލްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ތަމްސީލްކުރާ ކައުންސިލަރުންނާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ބައްދަލު ކުރައްވައިފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މާލޭ ސިޓީގެ ރައްޔިތުންނަށް ސޓީ ކައުންސިލުން ދެމުންދާ ޚިދްމަތްތައް ހަރުދަނާގޮތެއްގައި ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.

މިބައްދަލުވުމުގައި މާލޭސިޓީގެ މޭޔަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ މިހާރު ސިޓީ ކައުންސިލްގެ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާ އަދި އެކި ގޮތްގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ހިއްސާ ކުރައްވާފައެވެ.

ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެއް އޮވެގެން މިހާރު މާލޭ ސިޓީގެ ރައްޔިތުންނަށް ރަނގަޅު ޚިދްމަތްތަކެއް ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތް ލީޑަރ ޝިޕުންވަނީ ފާހަގަކުރައްވާފައެވެ.

އަދި ރައީސް ޔާމީން ގެންގުޅުއްވި ސިޔާސަތުތަކާ އެއްގޮތަށް ސިޔާސީ އެއްވެސް ފިކުރަކަށް ތަފާތު ކުރުމެއްނެތި މާލޭ ސިޓީގެ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ޚިދްމަތްތައް ދިނުމާއި ބެހޭގޮތުން ކައުންސިލަރުންނާއެކު ޚިޔާދު ބަދަލުކޮށް މަޝްވަރާ ކުރެވުނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close