ޚަބަރު ނީލަން ފިހާރައިގައި ރޯވުން: ކައުންސިލްގެ 166 މުވައްޒިފަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ނީލަން ފިހާރައިގައި ރޯވުން: ކައުންސިލްގެ 166 މުވައްޒިފަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ނީލަން ފިހާރައިގައި، މިއަދު ހެނދުނު ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ 166 ބިދޭސީ މުވައްޒަފުން ވަގުތީ ބޯހިޔާވެއްސަކަށް ބަދަލު ކޮށްފިއެވެ.

މި ހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތައް ވެސް އެއްކޮށް ވަނީ އަނދައި ހުލިވެފައެވެ. އެ ތަނުގައި ދިރިއުޅެމުން އައީ ސިޓީ ކައުންސިލުން ބުނިގޮތުގައި ބަންގްލަދޭޝްގެ 165 މީހަކާއި އިންޑިއާގެ އެކެކެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު މުވައްޒަފުން މިހާރު ތިބީ އިމާދުއްދީން ސްކޫލްގައެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން، ދުމުގެ އަަސަރު ހުރުމުން، އެ ސްކޫލްގެ ހެނދުނު ދަންފަޅީގައި ކިޔެވުމެއް ނެތެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މުވައްޒަފުންނަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި ގޮތެއް ހަމަޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާ ގިނަ އަދަދެއްގެ މުވައްޒިފުންނަށް ކުއްލިއަކަށް ބޯހިޔާވަހިކަން ހަމަޖައްސަ ޖެހުމުން ކަންބޮޑުވުން އެބަހުރި ކަމަށާއި، ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ.

މިވަގުތު އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދަނީ އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ފެން ފޯރުކޮށްދޭން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރުކަމަށެވެ. އަދި އެމްއެންޑީއެފްއިން ކުރި މަސައްކަތުން ހެނދުނު 8:00 އެހާކަންހާއިރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. ނީލަން ފިހާރައިގެ އުތުރުފަޅިން ރޯވި މި އަލިފާންގަނޑު ނިއްވާލުމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭއިރު، ފުލުހުން ދަނީ އެ އެކަން ތަހުގީގްކުރަމުންނެވެ.

ޓެގް

ނީލަންފިހާރަ އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.