ޚަބަރު މާލޭގައި ތިބޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލްތަކަށް ސިޓީ ކައުންސިލުން ހިލޭ ޖާގަ ދެނީ

މާލޭގައި ތިބޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލްތަކަށް ސިޓީ ކައުންސިލުން ހިލޭ ޖާގަ ދެނީ

މާލޭގައި ތިބޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލްތަކަށް ސިޓީ ކައުންސިލުން ހިލޭ ޖާގަ ދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، މަޝްވަރާކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާލަންތަކާއި ޖާގަތައް ހިލޭ ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައެވެ.

މި ހުށަހެޅުން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން މާލޭގައި ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލްތަކުން ބޭނުންވި ނަމަވެސް އެކަށީގެންވާ ތަންތަން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން، ސިޓީ ކައުންސިލްގެ ތަންތަން ހިލޭ ދޫކުރުމުގެ އިތުރުން އެފަދަ ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ހަމަޖައްސައިދިނުމަކީ ވެސް އަމާޒެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މި ހުށަހެޅުމަށް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ ތާއިދުކޮށްފައެވެ. ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި މި ފުރުސަތުގެ ސަބަބުން، މާލޭގައި ތިބި ރައްޔިތުންނާ ގާތުން މުއާމަލާތްކޮށް ރަށްރަށުގެ ތަރައްގީއާ މެދު މަޝްވަރާކުރުމަށް ކައުންސިލްތަކަށް މަގުފަހިވެ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.


ޓެގް

މާލެސިޓީކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.