ޚަބަރު

ފިލިޕީންސްގެ ރައީސްކަން ކާމިޔާބު ވެއްޖެނަމަ ކުރީގެ އެކުވެރިން ޖަލަށް ލާނަން – މެނީ ޕެކުއޭއޯ

(ސީ.އެން.އެން) ކުރީގެ ބޮކްސިން ޗެމްޕިއަން މެނީ ޕެކުއޭއޯ ވިދާޅުވަނީ އަންނަ އަހަރު ފިލިޕީންސްގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ ޑުޓަރޓޭގެ ސަރުކާރުގެ ތެރޭގައި އޭނާގެ ކުރީގެ ބައެއް ސިޔާސީ އެކުވެރިންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރައްވާނެ ކަމަށެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ، ރައީސް ރޮޑްރިގޯ ޑުޓަރޓޭ ގެ ސަރުކާރުން ވަކިވެފައިވާ ބައެއް މެމްބަރުންގެ މައްސަލަ ތަހްގީގު ކުރުމަށް އޭނާ ރާއްވަވާފައިވާ ކަމަށެވެ.

އަދި އެ ކޮރަޕްޓް ހުރިހާ އޮފިޝަލުން ޖަލަށް ލާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ، ޤައުމުގައި އިޤްތިޞާދީ ދުވެލި ކުރިއަށް ގެންދެވޭނެ ހަމައެކަނި ގޮތަކީ، އެއީ މި ޤައުމުގެ ކެންސަރު ކަމަށްވާތީ، އެއީ ތަރައްޤީއަށް އޮތް ހުރަހެއް.”

2022 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ފިލިޕީންސްގައި ބާއްވާ އިންތިޚާބަށް ނުކުންނައިރު، ޑުޓަރޓޭއަށް ފަހު ކާމިޔާބު ހޯއްދަ ވާނެ ކަމަށް ޕެކިއާއޯ އުންމީދު ކުރައްވާއިރު، ރަސްމީ ކެމްޕޭން ފެބްރުއަރީ މަހާ ހަމައަށް ނުފެށޭނެ ކަމަށް ބެލެވެއެވެ.

އެކަމަކު ރޭސް މިހާރުވެސް ދަނީ ހޫނުވަމުންނެވެ. އެންމެ ކުރީސަފުގައި ހުންނެވި އެއް ބޭފުޅަކީ ފާޑިނަންޑް “ބޮންގްބޮންގް” މާކޮސް ޖޫނިއަރ އެވެ. 64 އަހަރުގެ ފަރޑިނަންޑް “ބޮންބޮންގް” މާކޮސް ޖޫނިއަރ އަކީ ދެއަހަރާއި ބައިގެ ދިގު ވެރިކަމެއްގައި އެތައް ހާސް ބަޔަކު ޖަލަށްލައިފައިވާ ބޭފުޅެކެވެ.

ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޑިކްޓޭޓަރޝިޕްގެ ދުވަސްވަރު މާކޮސް އާއިލާއިން 10 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދިއެވެ. މާކޮސް ޖޫނިއާ ވަނީ އޭނާގެ އާއިލާގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކަކީ އަބުރު ކަތިލުން ކަމަށް ތުހުމަތުކޮށްފަ އެވެ.

ޕެކިއާއޯގެ އެޖެންޑާގައި 1986 ވަނަ އަހަރު ގެނައި އިންގިލާބަށް ފަހު ފަސް އަހަރަށް ވުރެ ގިނަ ދުވަހު ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވި މާކޮސް އާއިލާގެ ބައެއް “ވަގަށް ނެގި މުއްސަނދިކަން” އަނބުރާ ހޯއްދަވަން މަސައްކަތް ކުރުން ހިމެނެ އެވެ.

“އަހަރެން ބިރެއް ނުގަނޭ،” ޕެކިއާއޯ ބުންޏެވެ. “މިއީ އަޅުގަނޑުމެންގެ ގައުމަށް ތަރައްގީ ހޯދައިދިނުމަށް، ފިލިޕީންސްގެ މުއްސަނދިކަން ކެނޑިނޭޅި ވަގަށް ނަގަމުންދާ މީހުން ޖަލަށްލުމަށް އަޅުގަނޑު ކުރާ ހަނގުރާމައެއް. އަޅުގަނޑު ބޭނުންވަނީ އެމީހުން ޖަލަށްލާން.” އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close