ޚަބަރު

ލަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ދޭންފަށައިފި

އެންމެފަހުގެ ޒަމާނީ އާލާތްތަކާއި އެކު ނ.ލަންދޫ ސިއްޙީމަރުކަޒުގައި ލެބޯޓްރީ ޓެސްޓްތައް ހެދުމުގެ ޚިދުމަތް ދޭން ފަށައިފިކަމަށް އެރަށު ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވައިފިއެވެ.

ސިއްހީ މަރުކަޒު ހިންގުމާއި ޙަވާލުވެ ހުންނެވި އަލްފާޟިލް ޖައުފަރު ރަޝީދު ނާރެސް މީޑިއާ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ލެބޯޓްރީގެ ޚިދުމަތް ފެށިނަމަވެސް އަދި އެއީ ރަސްމީ ގޮތުން ފެނީކީ ނޫންކަމަށެވެ.

އިއްޔެއިން ފެށިގެން ލެބޯޓްރީގެ ޚިދުމަތް ދޭން ފަށާފައިވާއިރު އެކަމަށް ބޭނުންވާނެ އެންމެހައި ތަކެއްޗާއި ލެބޯޓްރީ އެސިސްޓެންޓަކު ވަނީ ސަރުކާރުން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ނ.އަތޮޅުގައި ވެލިދޫ މަނަދޫ ފިޔަވައި ދެން މިފެންވަރުގައި ލެބޯޓްރީ ޚިދުމަތް ލިބޭނީ ހަމައެކަނި ލަންދޫގައި ކަމަށް ފާހަގަކުރައްވަމުން ލަންދޫ ހެލްތްސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތްސަރވިސް އޮފިސަރ އަލްފާޟިލް ޖައުފަރު ރަޝީދު ވިދާޅުވީ ލެބޯޓްރީ ރަސްމީކޮށް ހުޅުވުން ނޮވެމްބަރ މަހުގެ ކުރީކޮޅު އޮންނާނެކަމަށާއި، ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތްމިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close