ޚަބަރު

ސުނާމީ ކާރިސާގެ ހަނދާން އަޅުގަނޑުމެން އާކުރަންވީ ހަމައެކަނި އެ ދުވަހުގެ ބިރުވެރިކަމަކަށް ނޫން – މާރިޔާ

މީގެ 16 އަހަރު ކުރިން، ސުނާމީ ކާރިސާގެ ހަނދާން އަޅުގަނޑުމެން އާކުރަންވީ ހަމައެކަނި އެ ދުވަހުގެ ބިރުވެރިކަމަކަށް ނޫންކަމަށާއި، އެދުވަހުގެ ހަނދާން އާކުރަން މަޖުބޫރު ކުރުވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުންކަމުގައި މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ނެރޭ ހަފްތާ މަޖައްލާ އައްޑަނައަށް “އެއްބައިވަންތަކަން ދެމެހެއްޓުމުގައި ސިފައިން” މިސުރުޚީގެ ދަށުން އެކަމަނާ ލިޔުއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ ކުޑަ ގައުމެއް ނަމަވެސް މުޅި ދުނިޔެއަށް ދެއްކި ނަމޫނާ  ދިވެހިން ފަހުރުވެރި ކުރުވާކަމަށާއި، ވަކިން ޚާއްސަކޮށް ދިވެހި އަސްކަރިއްޔާއިން އެދުވަހު ދެއްކި އެއްބައިވަތަންތަކަމުގެ ރޫޙު ދިވެހި ތާރީޚުގެ ސޮފްހާތަކުގައި ތާއަބަދަށް ލިޔެވިގެންދާ ދިއުމާމެދު އަކަމަނާ ނުހަނު އުފާކުރައްވާ ކަމުގައެވެ.

ޤައުމަށް ކުރިމަތިވާ ޤުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި އަސްކަރިއްޔާ އަދާކުރަމުންގެންދާ އިސްދައުރުގެ މޭސްތިރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރީޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ގެންގުޅުއްވާ ޙިކުމަތްތެރި ވިސްނުންފުޅު މިއަދު މުޅި ގައުމު ބަލައިގަންކަމަށްވެސް އެލިޔުން ކުރިއަށްގެންދަވަމުން އެކަމާ ލިޔުއްވާފައިވެއެވެ.

އަދި އެލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ސިފައިންގެ ލީޑާސިޕްގައި ތިއްބެވި ބޭކަލުންގެ އިރުޝާދާއެކު، މުޅިމުއައްސަސާއިން ފެނިގެންދިޔަ ކެތްތެރިކަމާއި، ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ކަމުގައިކަމަށާއި، އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމަށް ދެވޭ ވަގުތުތަކުގައި ވެސް ސިފައިން އެތިބީ ގައުމީ ޚިދުމަތަށް ވަގުތު ހުސްކޮށް، ގައުމު ދިފާއު ކުރުމަށް އެއްބައިވަންތަކަމާއެކު މަތިވެރި އަޒުމްގައިކަމުގައެވެ.

އާއިލާއާ ގާތް ރަހުމަތްތެރިނާ ދުރުގައި އެތައް ދުވަހެއް ސިފައިން މި ” ޕެންޑެމިކް” އާ ގުޅިގެން މިއަދު ވެސް ހޭދަކުރަމުން އަންނައިރު، މި ދަޑިވަޅުގައި ވެސް ރައްޔިތުގެ މެދުގައި އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް ޤައުމީ ދިފާއީބާރުން ކުރި ބުރަ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަތީ ހިނިތުންވުމާއި އުފަލާއެކުއި ކަމަށްވެސް އެލިޔުމުގައި މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ލިޔުން ނިންމާލައްވައިފައިވަނީ އެންމެހައި ނުރަނގަޅު ކަންކަމުންނާއި ނުރައްކާތަކުން، ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން އަޅުގަނޑުމެންގެ މެދުގައި އާލާކުރައްވައި، ޞުލްޙައާއި އަމާންކަން ލިބިގެންވާ ބަޔަކު ކަމުގައި، އެންމެހައި ދިވެހިން ލެއްވުމަށްއެދި ދުޢާކުރައްވަމުންނެވެ.

އެއް ކޮމެންޓް

  1. ނޮވެމްބަރު 3 ގެ ޙާދިޘާގައި ޝަހީދުވި ބޭފުޅުންގެ ހަނދާން ވެސް އެކަންޏެއްނޫން ފާހަގަ ކުރަންވީ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close