ޚަބަރު މިއަދުވެސ މޫސުން ގޯސް، މެދުރާއްޖޭތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މިއަދުވެސ މޫސުން ގޯސް، މެދުރާއްޖޭތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މިއަދުވެސ މޫސުން ގޯސް، މެދުރާއްޖޭތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މޫސުން އެންމެ ބޮޑަށް ގޯސްވާނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މި ދުވަސްވަރަކީ ރާއްޖެ ސަރަހައްދުގައި މޫސުން ނުހަނު ބޮޑަށް ހަލަބޮލިވެ، ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ގަދަވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރައިގެ ސަބަބުން ދަނީ އެކިވަރުގެ ގެއްލުންތައް ވެސް ލިބެމުންނެވެ.

މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ކަމަށްވާއިރު، މި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ މިއަދުގެ ވަގުތުތަކުގައެވެ. މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އާންމު ގޮތެއްގައި ވައި ގަދަވެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

ޓެގް

މެޓްއޮފީސް މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.