ޚަބަރު

މިނިސްޓަރ އިމްރާން ދީނާއި ގައުމަށް ޣައްދާރު ނުވާނެކަމުގެ ސަތޭކަޕަސަންޓް އެބައޮތް: ޑރ. އިޔާޒް

މަގާމުގެ ދަހިވެތިކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް އިމްރާން އަބްދުﷲ އިސްލާމް ދީނާއި، ދިވެހިރާއްޖެއަށް ގައްދާރު ނުވާނެކަމުފއ %100 އެބައޮތް ކަމަށާއި ދޮގުވާހަކަ ފެތުރުން ހުއްޓާލުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ، މަގާމުގެ ދަހިވެތިކަމުގައި މިނިސްޓަރ އިމްރާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.

ޗާގޮސްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެއްކެވީ ތެދު ވާހަކަފުޅެއް ކަމަށް ހެކިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، “ކޮނޑުހުޅުން” ނެއްޓޭވަރަށް ކަރުދާސްތަކެއް ހިއްޕަވައިގެން މޭޑޭގައިވެސް މިނިސްޓަރ އިމްރާން ގޮވީ މިހުރީ ހެތްކޭ ކަމަށާއި، ޑރ. އަފްރާޝީމް މަރާލުމުގައި ބައިވެރިވީ މިވެނި ބައެކޭ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ކަރުދާސްތައް ޕޮލިހުން އަތުލައިފި ކަމުގައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

މި ކަންކަމަށް ރިއާޔަތްކޮށް މެމްބަރު ވިދާޅުވީ، މަގާމުގެ ދަހިވެތިކަމުގައި މިނިސްޓަރ އިމްރާން ކޮންމެފަދަ ކަމެއވެސް ކުރައްވާފާނެ ކަމަށެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، މަގާމުގެ ދަހިވެތިކަމުގައި، އަދި އެނޫންވެސް ސަބަބަކަށްޓަކައި، ދީނަށާއި ގައުމަށް އިމްރާން ގައްދާރު ނުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށެވެ.

އަދި ފިތުނަފަސާދަ އުފައްދަން ދޮގު ފެތުރުން ހުއްޓާލުމަށް މެމްބަރު ޝިޔާމަށް ޝެއިހް އިޔާޒް ގޮވާލެއްވިއެވެ.

ޗާގޯސްގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެއްޖެ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލު ކުރަން ދިވެހި ސަރުކާރުން ނިންމުމުންނެވެ. މި މައްސަލައިގައި އާންމު ރައްޔިތުންނަށް އޮޅޭ މޭރުމަކުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ގާނޫނީ ބޭފުޅުން ވާހަކަދައްކާ ކަމުގެ ތުހުމަތު ސަރުކާރުން ކޮށްފައިވާއިރު، މި މައްސަލައިގައި ސަރުކާރުން ބުނަނީ، ރާއްޖެއިން އެއްބަސްވީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު މޮރީޝަސް އަށް ލިބެންޖެހޭނެ ކަމަށް އެކަނި ކަމަށާއި، އިމުގެ މައްސަލައިގައި ޖާގޮސް އިން ހުށަހަޅާފައިވާގޮތަށް ރާއްޖެއިން އެއްބަސް ނުވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close