ޚަބަރު

އީސީން ޒިންމާ އަދާނުކުރާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މިއަދު ނަގަމުންދާ ފެންނަ ނުފެންނަ ވޯޓަކީ ދުސްތޫރީ ގޮތުން މުހިންމު ވޯޓެއް ކަމަށާއި، ނަމަވެސް މިކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާ ސްކޫލުގައި ހުރި ފޮއްޓަށް ވޯޓުލެއްވުމަށްފަހު ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މިއީ އެއްވެސް ރައްޔިތަކު އިހުތިޔާރީ ވޯޓެއްގެ ގޮތުގައި ދެކިގެން ނުވާނެ، ކޮންމެހެން ނުކުމެ ބަސް ބުނަންޖެހޭ މަޖުބޫރު ވޯޓެއް ކަމަށެވެ.

ވޯޓުގެ އިންތިޒާމުތަކާ ގުޅޭގޮތުން ފާޑުވިދާޅުވަމުން ޔާމީން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭން ބޭރުގައި ތިބި އެތައް ހާސް ދިވެހިންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް އީސީން މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި ރާއްޖޭގައި ތިބި ރައްޔިތުންނަށް ވެސް މި ވޯޓުގެ މުހިންމުކަން އަންގައިދީ، ވޯޓުލާން ނުކުތުމަށް ބާރުއެޅުމަށް ކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވޯޓުލާ މަރުކަޒުތަކަށް އަންނަ މީހުން ބޭނުންނުވާ ކަރުދާހެއް ދޫކޮށްލެވޭ ގޮތަށް އީސީން ނިންމާފައިވާ ނިންމުމަށް ވެސް ޔާމީން ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ މިފަދަ ބޮޑު ކަމެއްގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަކީ ކޮމިޝަނުގެ މައްޗަށް އޮތް ލާޒިމު ކަމެއް ކަމަށާއި، ރީ-ރަޖިސްޓްރީވުމަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތް ކަމަށް ބުނެ ކޮމިޝަނަށް ޒިންމާއިން ރެކިނުގަނެވޭނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close