ޚަބަރުލައިފްސްޓައިލް

އައުޓް ސްޓޭންޑިން ވުމެން އޮފް ދަ އިޔާގެ އެވޯޑް، ނެށުންތެރިޔާ ސުނީތާއަށް ލިބިއްޖެ

ވިމެން އައިކައިން އިން ދޭ ނޮބެލް ވުމެން އޮދް ދަ އިޔާގެ ޝަރަފުވެރި އެވޯޑާއި، އައުޓް ސްޓޭންޑިން ވުމެން އޮފް ދަ އިޔާގެ އެވޯޑް ރާއްޖޭގެ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ(ސުނީ) އަށް ލިބިއްޖެ އެވެ.
ސުނީތާ އަށް މި އެވޯޑް ލިބިފައިވަނީ، މުނިފޫހިފިލުވުމުގެ ދާއިރާއަށް ފާއިތުވެގެން ދިޔަ 28 އަހަރު އޭނާ ކޮށްދިން އަގުހުރި ހިދުމަތުގެ އަގު ވަޒަން ކޮށް އެކަން ފާހަގަ ކުރުމުގެ ބޭނުމުގަ އެވެ.

މިކަމާއި ގުޅިގެން ސުނީ ބުނީ، ކާމިޔާބީ އަށް ވާސިލް ވުމަކީ، ކުއްލިއަކަށް ހުރެ ވާނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ބުރަ އަދި އެތައް ގުރުބާނީއެއް ވާންޖެހޭ ކަމަށެވެ. އަދި ކާމިޔާބީ އަށް ވާސިލްވާން ބޭނުން ވާނަމަ، ކުރާ މަސައްކަތުގައި ތެދުވެރިވެ އެ މަސައްކަތްދެކެ ލޯބިވާންޖެހޭނެ ކަމަށްވެސް ސުނީ ވަނީ ބުނެފަ އެވެ.

އަދި މި ދެ އެވޯޑް އޭނާ އަށް ލިބުމުން އެކަމަށް، ޝުކުރުވެރިވާ ކަމަށާއި، ވިމެން އައިކަން އިން އޭނާ ކުރި މަސައްކަތް ބަލައިގަނެ އެވޯޑް ދިނުމުން އެކަމަށް ޝުކުރު އަދާ ކުރާ ކަމަށްވެސް ސުނީ ވަނީ ބުނެފަ އެވެ.

އުމުރުން އެންމެ 16 ވަރަކަށް އަހަރުގައި އަމިއްލަ ޒަރުރީ ބޭނުންތަކާއި އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ސުނީ އުފަން ރަށް ދޫކޮށް މާލެ އައިސް ގުޅުނީ ދިވެހި ފިލްމް އިންޑަސްޓްރީއާ އެވެ. އެހެން ނަމަވެސް މިއަދު ސުނީ އަކީ ހަމައެކަނި ނެށުންތެރިއެއް ނޫނެވެ. އޭނާ އަންނަނީ ކެއްކުމާއި، އަމިއްލަ ވިޔަފާރި ހިންގުމުގައިވެސް އޭނާގެ ކުޅަދާނަކަން ދައްކާލަމުންނެވެ.

އެކަން ބަލައިގަނެ މިދިޔަ އަހަރު އޭޝިއާގެ އައުޓްސްޓޭންޑިން ވިމެން އެޗީވާގެ އެވޯޑްވެސް ސުނީ ވަނީ ހޯދާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close