ޚަބަރު ކޮމަންޑޫ ކައިރީގައި ކަނދުފައްޗެއް ވެސް އަޅައިދެއްވައިފި

ކޮމަންޑޫ ކައިރީގައި ކަނދުފައްޗެއް ވެސް އަޅައިދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮމަންޑޫ ކަނދުފަތި ކަނޑައިގެން ގޮސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެ މަސްވެރިންގެ ޝަކުވާތައް އިތުރުވަމުންދާތީ މިއަދު އެރަށް ކައިރީގައި ސަރުކާރުން ކަނދުފަތި އަޅުއްވައި ދެއްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ވިދާޅުވީ ކޮމަންޑޫ ކަނދުފަތި، ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ބޭރުގައި މިއަދު ޤާއިމް ކޮށްފައިވާ ކަމަށެވެ.

ކޮމަންޑޫ ކަނދުފަތި ސަރުކާޜުން މިއަދު އަޅައިދެއްވިއިރު މަޖިލިސް އިންތިހާބުގެކޮމަންޑޫ ދާއިރާގެ ވޯޓް ލުން މާދަމާ އޮންނާނެއެވެ. ކޮމަންޑޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ހުސެއިން ވަހީދު އަވަހާރަވި ފަހުން ސަރުކާރުން ވަނީ ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ފަށާފައެވެ. އޭގެތެރޭގައި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ އިތުރުން ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމާއި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ.

ގިނަ މަޝްރޫއުތަކެއް އިންތިހާބު ކައިރިވެފައި ވަނިކޮށް ފަށަމުން ދަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މިވަގުތު ކޮމަންޑޫ ދާއިރާގައި މަޝްރޫއުތަކެއް ފެށުމާއި އިންތިހާބާއި ދިމާވުމަކީ އިއްތިފާގެކެވެ.

ޓެގް

ކޮމަންޑޫދާއިރާ ފިޝަރީޒް މިނިސްޓަރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.