ޚަބަރު “އީސީ ޝަރީފޫ”އޭ ގޮވި ސުއޫދާ ވަޒީފާއިން ވަކިކޮށްފި

“އީސީ ޝަރީފޫ”އޭ ގޮވި ސުއޫދާ ވަޒީފާއިން ވަކިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބު ވުމުން އެލެކްޝަންސް ކޮމިޝަނާދެކޮޅަށް ޕީޕީއެމް އިން ބޭއްވި އެއްވުންތަކުގައި “އީސީ ޝަރީފޫ” އޭ ކިޔައި، އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަހުމަދު ޝަރީފަށް އަމާޒުކޮށް ފާޑުކިޔައިގެން މަޝްހޫރުވި ސުއޫދާ އަބްދުﷲ ކުންފުނީގެ ޕޮލިސީތަކާ ޚިލާފަށް އަމަލުކުރަމުންދާތީ ކަމަށްބުނެ އެމްޕީއެލްގެ ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.

ސުއޫދާއަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެކެވެ. އޭނާއަކީ ސޯޝަލް މީޑިއާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަފަރާތެއްކަން ވަނީ ފާހަގަކުރެވިފައެވެ.  

މީގެ ދެ އަހަރުކުރިން ބޭއްވި އިންތިޚާބު އޮޅުވާލިކަމުގެ ޝަކުވާއާއެކު ޝަރީފަށް ޕީޕީއެމަށް ތާއިދުކުރާ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ޝަރީފް ވަނީ އެ ވާހަކަ “އެ މަންޖެ ކައިރީގައި ބުނެލައްޗޭ” ވިދާޅުވެ ސުއޫދާ އަށް ޖަވާބު ވެސް ދެއްވައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުއޫދާ އަށް އެމްޕީއެލް އިން ފޮނުވި ޗިޓުގައި ބުނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ޚިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.

ޓެގް

ސުއޫދާ އެލެކްޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.