ޚަބަރު އޮޑިޓް އޮފީހަށް އަންނަ އަހަރަށް 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

އޮޑިޓް އޮފީހަށް އަންނަ އަހަރަށް 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

އޮޑިޓް އޮފީހަށް އަންނަ އަހަރަށް 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ 2027 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133.5 މިލިއަން ރުފިޔާގެ ބަޖެޓް، އެ އޮފީހުން އެދުނު ގޮތަށް ފާސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބަޖެޓް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ތަޅުމުގައި ބަހުސްކުރުމަށް ފަހު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. މެންބަރު ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހަޅައިގެން ފާސްކުރި ޖުމްލަ 133،590،265 ރުފިޔާގެ ބަޖެޓަކީ، ހިނގަމުންދާ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ވުރެ ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ފާސްކުރެވުނު ބަޖެޓުގެ ތަފްސީލަށް ބަލާއިރު، އޮފީހުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުތަކަށް 90،900،265 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން 43،500،000 ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފައެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދައުލަތުގެ އަހަރީ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓު މަޖިލީހުން ވަކިން ދިރާސާކޮށް ފާސްކުރަންޖެހެއެވެ. އެގޮތުން ހިނގަމުންދާ 2026 ވަނަ އަހަރަށް ވެސް އެ އޮފީހުން 134.2 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު، އެ އަދަދު ކުޑަކުރުމަށް އޭރުގެ ފިނޭންސް މިނިސްޓްރީން އެދުނު ނަމަވެސް، މަޖިލީހުން އޭރުވެސް ނިންމީ އޮޑިޓް އޮފީހުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެ އޮފީހުން އެދުނު ފުރިހަމަ އަދަދު ފާސްކޮށްދިނުމަށެވެ.

ޓެގް

އޮޑިޓް އޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.