ޚަބަރު ދިފާއާއި ސިއްހަތާއި ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރަން ރާއްޖެއާއި ޕާކިސްތާނުން 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިފާއާއި ސިއްހަތާއި ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރަން ރާއްޖެއާއި ޕާކިސްތާނުން 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިފާއާއި ސިއްހަތާއި ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރަން ރާއްޖެއާއި ޕާކިސްތާނުން 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު 20 އެމްއޯޔޫއެއްގައާއި އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ރައީސް މުޢިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، އައިޓީ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ހިމެނެއެވެ.

ގައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދިފާއީ އެއްބާރުލުން ދިނުމުގެ އެމްއޯޔޫގެ އިތުރުން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވެފައެވެ.

އިޖުތިމާއީ އަދި ސިއްހީ ދާއިރާއަށް ބަލާއިރު، ސިއްހީ ދާއިރާއާއި ބޭހާ ގުޅޭ އެމްއޯޔޫއެއްގެ އިތުރުން ސިއްހީ ދާއިރާގެ ފަންނީ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ސޯޝަލް ޕްރޮޓެކްޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމަށްވެސް ވަނީ ސޮއިކުރެވިފައެވެ.

ތައުލީމާއި ތަމްރީނުގެ ދާއިރާއިން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއާއި ޕާކިސްތާނުގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑެމީއާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައެވެ.

އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ކާނާ އަދި އެހެން އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށް އެސްޓީއޯއާއި ޕާކިސްތާނުގެ ޓްރޭޑިން ކޯޕަރޭޝަނާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި، މަސްވެރިކަން، ޓޫރިޒަމް، ވައިގެ ދަތުރުފަތުރު އަދި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

ސިވިލް ސާވިސްގެ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ ސިވިލް ސާވިސްއާއި ޕާކިސްތާނުގެ ސިވިލް ސާވިސްގެ އިތުރުން އެ ގައުމުގެ ފެޑަރަލް ސާވިސްއާ ދެމެދު ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރު، ސަގާފަތް، ފަންނީ އަދި ތާރީހީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫތަކެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.