ޚަބަރު

“ތިޔަ ލިންކުތަކަށް ނުވަދޭ! ސަމާލުވޭ!”: ފުލުހުން

އެކިއެކި ނަންނަމުގައި އޮޅުވާލައިގެން މީސްމީހުން ޒާތީ މައުލޫމާތު ހޯދުމުގެ އިތުރުން އެކައުންޓްގައި ހުންނައި ފައިސާކޮޅުވެސް މިހާރު ފޭރެމުން ގެންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވީޑިއޯ ކްލިޕެއް މެދުވެރިކޮށް އިލްތިމާސްކޮށްފިއެވެ.

އޮޅުވާލައިގެން އެކި ގޮތްގޮތަށް ފައިސާ ހޯދުމަކީ ވަރަށް އާންމު ކަމެކެވެ. މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރާ މިންވަރު ވެސް ގިނަ އެވެ. އެހެންވެ އެފަދަ ކަންކަމަށް ސަމާލުވެ، ފާރަވެރިވުމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ކުޑަ ޑްރާމާކޮޅެއްގެ ގޮތުގައި ފުލުހުން އާންމުކުރި ވީޑިއޯއަކުން ވެސް މި ދެނީ ހަމަ މި މެސެޖެވެ.

https://www.facebook.com/AdduCityPolice/videos/674627113873592

ފުލުހުން ބުނީ ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކާއި ފޯން ކޯލްތައް ކުރުން ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމަށެވެ. އެހެންވެ އެފަދަ މެސެޖްތަކާއި ކޯލްތަކަށް ސަމާލުވާން އިދާރާތަކުން ވެސް އަންނަނީ ތަކުރާރުކޮށް ނަސޭހަތްރތެރިވަމުންނެވެ.

“ތިޔަ ލިންކުތަކަށް ނުވަދޭ! ސަމާލުވޭ!”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close