ޚަބަރު

ދުބާއީ: ކުރިއަށް އޮތް 6 މަސް ތެރޭގައި އެމިރޭޓްސް އިން 6،000 އަށް ވުރެ ގިނަ ސްޓާފުން ނެގުމަށް ނިންމައިފި

ކުރިއަށް އޮތް 6 މަސް ތެރޭގައި އެމިރޭޓްސް އިން 6،000 އަށް ވުރެ ގިނަ ސްޓާފުން ނެގުމަށް ނިންމައިފިއެވެ.

އެމިރޭޓްސް އެއަރލައިނުން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި 6،000 އަށްވުރެ ގިނަ ސްޓާފުން ރެކްރޫޓްކުރުމަށް ރާވާފައިމިވަނީ، ވެކްސިން ދިނުމުގެ ރޭޓް ތައް އިތުރުކުރުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާފައި ވާތީއެވެ. އެއާލައިންގެ ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ޕައިލެޓުންނާއި ކެބިން ކްރޫންނާއި އިންޖިނިއަރިން ސްޕެޝަލިސްޓުންނާއި ގްރައުންޑް ސްޓާފުން ބޭނުންވާނެ އެވެ.

ދުބާއީގެ ފްލެގްޝިޕް ކެރިއަރ އިން މިހާރުވެސް ވަނީ އެކުންފުނީގެ ނެޓްވޯކްގެ 90 އިންސައްތަ އަލުން އިއާދަކޮށް، 2021 ވަނަ އަހަރު ނިމުމުގެ ކުރިން އެކުންފުނީގެ ޕްރީ-ޕެންޑެމިކް ކެޕޭސިޓީގެ 70 އިންސައްތައަށް ވާސިލްވުމުގެ މަގުމަތީގައިވާކަމަށް ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން، ޕެންޓް އަޕް ޑިމާންޑާ އެއްގޮތަށް ފްލައިޓް ޝެޑިއުލްތައް އިތުރު ފްރިކުއެންސީތަކާ އެކު ސަޕްލިމެންޓް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން ވަނީ މީގެ ކުރިން ވެސް ވާހަކަ ދައްކަން ނިންމައިފަ އެވެ. އަދި އެކުންފުނީގެ ނެޓްވޯކް ވަށައިގެން ވާ މަގުބޫލު މަގުތަކުގައި އެކުންފުނީގެ ހައި ކެޕޭސިޓީ ޑަބަލް-ޑެކަރ އޭ380 މަރުކާގެ މަތިންދާބޯޓުތައް ވެސް ދަނީ ފޮނުވަމުންނެވެ. ނޮވެމްބަރު މަހުގެ ނިޔަލަށް އެމިރޭޓްސް އިން އެ ކުންފުނީގެ ފްލެގްޝިޕް އޭ380 މަރުކާގެ މަތިންދާބޯޓުތަކުގައި އިތުރު 165،000 އަށް ވުރެ ގިނަ ސީޓު ދޭނެ އެވެ.

އެމިރޭޓްސް އެއަރލައިން އެންޑް ގްރޫޕްގެ ޗެއަރމަން އަދި ޗީފް އެގްޒެކެޓިވް ޝައިޚް އަޙްމަދު ބިން ސަޢީދު އަލް މަޚްތޫމް ވިދާޅުވީ “އިތުރު 6000 އޮޕަރޭޝަނަލް ސްޓާފުންނަށް އަޅުގަނޑުމެންގެ އަމާޒު ހިފާފައިވާއިރު، މިއިން ރަމްޒުކޮށްދެނީ ދުބާއީގެ އިޤްތިޞާދު އަވަސް ރިކަވަރީއަކަށް ދާތަން ކަމަށާއި، މިކަމުގެ ސަބަބުން ކޮންސިއުމަރ، ޓްރެވަލް އަދި ޓުއަރިޒަމް ދާއިރާގައި ހިމެނޭ އެހެނިހެން ވިޔަފާރިތަކަށް ވެސް އިތުރު ފުރުޞަތުތަކާއި އެހެނިހެން ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

“ބޯޑަރު އަލުން ހުޅުވާލުމާއި، ޓްރެވަލް ޕްރޮޓޮކޯލްތަކަށް ލުއިދިނުމުގެ ގޮތުން، އަދި އިޤްތިޞާދު ރަނގަޅުވެ، ޑިމާންޑް އިތުރުވަމުން އަންނަ މިންވަރުގެ ހެޔޮ ނިޝާންތަކާއެކު، 2022 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން، އަޅުގަނޑުމެން ނަށް އަލުން އަނބުރާ ޕެންޑެމިކްގެ ކުރިން އޮތް ހިސާބަށް އާދެވޭނެ ކަމުގެ އުންމީދު އާވެގެން ހިނގައްޖެ.” އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ މަތިންދާބޯޓު އުފައްދާ ކުންފުންޏެއް ކަމަށްވާ ބޮއިންގް އިން ވަނީ ޔޫއޭއީ އާއި މެދުއިރުމަތީގެ ކެރިއަރުން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި 196،000 މުވައްޒަފުން ނަގާނެ ކަމަށް ލަފާކޮށްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އެމިރޭޓްސް އިން ވަނީ ޓްރެވަލް އިންޑަސްޓްރީ ރިކަވަރީގެ ސަބަބުން އެ އެއާލައިންގެ އޮޕަރޭޝަނަލް ރިކުއާމަންޓަށް އެހީތެރިވުމުގެ ގޮތުން ދުބާއީ ހަބްގައި 3،000 ކެބިން ކްރޫއިންނާއި 500 އެއާޕޯޓް ސާވިސަސް މުވައްޒަފުން ރެކްރޫޓް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭނެއް ފަށާފަ އެވެ. ޓްރެވަލް ޑިމާންޑް ކުރިން ލަފާކުރި ވަރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބެމުންދާއިރު، އެމިރޭޓްސް އަށް މިހާރު ދުބާއީ އާއި އެ ކުންފުނީގެ ނެޓްވޯކް ގެ އެކި ހިސާބުތަކުގައި އިތުރު 700 ގްރައުންޑް ސްޓާފުން ބޭނުންވާނެ އެވެ.

މީގެ އިތުރުން ދުބާއީގައި ހުންނަ ގްލޯބަލް އެއަރލައިންގެ ފްލައިޓް އޮޕަރޭޝަންސް ޓީމާ ގުޅުމަށް ޝައުޤުވެރިވާ 600 ކޮލިފައިޑް ޕައިލެޓުންނަށް ކެރިއަރ ގެ ތަފާތު ފުރުޞަތުތައް އެ އެއަރލައިނުން ދަނީ ފަހިކޮށްދެމުންނެވެ. ކެންޑިޑޭޓުންނަށް އެބޭފުޅެއްގެ ކެރިއަރ ޕޯޓަލްގައި ހުރި ދައުރާއި، ބޭނުންވާ ކަންތައްތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ.

އެމިރޭޓްސްގެ އަމާޒަކީ ދުބާއީއާއި އައުޓްސްޓޭޝަންތަކުގައި އެއަރކްރާފްޓް އިންޖިނިއަރުންނާއި އިންޖިނިއަރިންގ ސަޕޯޓް ސްޓާފުން ހިމެނޭގޮތަށް 1200 ހުނަރުވެރި ޓެކްނިކަލް ސްޓާފުން ވަޒީފާއަށް ނެރުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close