ޚަބަރު

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކޮށްލައިގެން ދެގުނަ ޑޭޓާ

ދިރާގު  ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރ ތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންަކުރިއަށް ގެންދަން ހަމަ ޖައްސާފައިވަނީ 30 ނޮވެމްބަރ  2020ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް 2 ގުނަ ޑޭޓާ  ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ “މައި އެކައުންޓް” އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެއެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close