ޚަބަރު

ޢުމުރުން ދުވަސްވީ މީހާ އަތުން ފޭރުނު ފައިސާތައް ފުލުހުން ހޯދައިފި

އުމުރުން ދުވަސްވީ މީހަކު މާލޭގެ ގެސްޓްހައުސްއަކަށް ވައްދައި، އޭނާގެ އަތުން ފޭރުނު ފައިސާތައް ހޯދައި، ފައިސާ ފޭރުނު ކަމަށްބެލެވޭ މީހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، މިހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 13:45 އެހާއިރު ކަމަށެވެ.

އުމުރުން ދުވަސްވީ ދިވެހި ފިރިހެންމީހާ ގެސްޓްހައުސްއަށް ވައްދައި އޭނާގެ އަތުން ފޭރިގެންފައިވަނީ ހަތަރުހާސް ރުފިޔާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިމައްސަލާގައި އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކާއި، 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް، އެ ދެމީހުން ބަލައި ފާސްކުރުމުގެ ތެރޭގައި، ފޭރިގެންފައިވާކަމަށް ބެލެވޭ ހަތަރުހާސް ރުފިޔާގެ ފިރިހެންމީހާގެ އަތުން ފެނުނު ކަމަށާއި، އޭގެ އިތުރުން، މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއްވެސް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close