ޚަބަރު ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ސަރުކާރުން ނިންމައިފި

ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ސަރުކާރުން ނިންމައިފި

ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ސަރުކާރުން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރަން ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިކަން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށާއި، މިކަމުގައި ނަމޫނާއަކަށް ބައްލަވާނީ އޮސްޓްރޭލިއާއިން ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑުތައް ކަމަށެވެ.

މި އައު ނިންމުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އަމަލީގޮތުން ތަންފީޒުކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، މަސައްކަތްތައް އަވަހަށް ނިމިއްޖެނަމަ މިއަހަރުގެ ތެރޭގައިވެސް އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި އާންމުންގެ ހިޔާލު ހޯއްދެވުމުގެ އިތުރުން، ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ހިންގާ ބޮޑެތި ކުންފުނިތަކާ މުއާމަލާތުކޮށްގެން ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް ގާއިމުކުރެއްވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ސޯޝަލް މީޑިއާ މަނާކުރުމުގެ މައިގަނޑު މަގްސަދަކީ ސައިބާ ބުލީއާއި ގްރޫމްކުރުން ފަދަ އޮންލައިން ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމެވެ. ރާއްޖެއަކީ ކުޑަ އިސްލާމީ މުޖުތަމައަކަށްވާއިރު، ޒުވާނުންނަށް ސޯޝަލް މީޑިއާއިން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން މުޖުތަމައު ސަލާމަތްކޮށް، ކުޑަކުދިންނަށް އަމާން މުސްތަގުބަލެއް ހޯދައިދިނުމަކީ ދައުލަތުގެ އެންމެ ބޮޑު އެއް ޒިންމާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.