ހުޅުމާލެ ފޭސް 2 ގެ ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެހެން އުޅަނދަކުން ޖެހުމަށްފަހު މަޑުނުކޮށް ފިލި މައްސަލައަކާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 19:10 އެހައިކަންހާއިރު ހިނގި ހާދިސާއަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެމީހާ ހޯދައި ހައްޔަރުކޮށްފައިވާއިރު، އެއީ ލ. ކަލައިދޫ، ނެސްޓް، އުމުރުން 26 އަހަރުގެ ޣުފްރާން ޚާލިދު އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން އޭނާ ދުއްވި އުޅަނދު ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން އެ އުޅަނދުގެ ތެރެއިން ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޣުފްރާން ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...