އަދި މިހާތަނަށް ނުފެންނަވަރުގެ ބޮޑު ގިނިހިލައެއް “ޕްލެނެޓް ކިލާ” ސައިންސްވެރިންނަށް ފެނިއްޖެ
އަދި މިހާތަނަށް ނުފެންނަވަރުގެ ބޮޑު ގިނިހިލައެއް ސައިންސްވެރިންނަށް ފެނިއްޖެއެވެ. “ޕްލެންޓް ކިލާ”ގެ ގޮތުގައި ސައިންސްވެރިން ސިފަކޮށްފައިވާ މިގިނަހިލައިން ދުނިޔެއަށް ވަރަށް ބޮޑަށް ނުރައްކާވެދާނެކަމަށް ސައިންސްވެރިން ލަފާކުރެއެވެ.
ޖަޔަންޓް އެސްޓްރޮއިޑެއް (ބޮޑު ގިނިހިލައެއް) ދުނިޔޭއާއި ދިމާއަށް ދަތުރުކޮށް އެކްސިޑެންޓެއްހިނގައި ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް އެމެރިކާގެ ސައިންސްވެރިންގެ ގްރޫޕަކުން އިންޒާރު ދީފައިވާއިރު، ދާދި ފަހުން ހޯދި އެސްޓްރޮއިޑަކީ ފާއިތުވެރި ދިޔަ އަށް އަހަރަށް ފަހަރު ފެނުނު އެންމެ ބޮޑު އެސްޓްރޮއިޑެވެ. 2022 އޭޕީ7 ގެ ނަން ދީފައިވާ މި ސެލެސްޓިއަލް ބޮޑީގެ ފުޅާމިނަކީ 1.5 ކިލޯމީޓަރު (0.9 މޭލު) ކަމަށް އެ ޓީމުން ހާމަކޮށްފައިވާއިރު، އޭގެ އަސަރު އެތައް ބައްރެއްގައި އިހުސާސް ކުރެވޭނެ ކަމަށް ވެސް އެ ޓީމުން ބުނެ އެވެ.
“މިހާތަނަށް އަޅުގަނޑުމެންނަށް ފެނިފައިވަނީ ދުނިޔެ ކައިރިން ގާތްގަނޑަކަށް އެއް ކިލޯމީޓަރު ހުރަސްކޮށް ހުންނަ ބޮޑު ދެ އެސްޓްރޮއިޑް، އެއީ އަޅުގަނޑުމެން ‘ޕްލެނެޓް ކިލާސް’ އޭ ކިޔާ ސައިޒްގެ ގިނިހިލަ،” ކާނޭޖީ އިންސްޓިޓިއުޝަން ފޯ ސައިންސްގެ އާރތް އެންޑް ޕްލެނެޓްސް ލެބޯޓްރީގެ ފަލަކީ އިލްމުވެރިޔާ ސްކޮޓް ޝެޕާޑް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. އަދި 2022 އޭޕީ7 ގައި ދުނިޔެއަށް ނުރައްކާތެރި އޯބިޓެއް އޮތް ކަމަށްވެސް ސައިންސްވެރިން ބުނެ އެވެ.
‘ޕްލެނެޓް ކިލާ’ އެސްޓްރޮއިޑް ދުނިޔެއާއި ވީނަސް އާއި ދެމެދުގެ ތަނެއްގައި ފޮރުވިފައި އޮތުމުން އެކަން ދެނެގަތުމަށް ދަތިތަކެއް ކުރިމަތިވި އެވެ. މި ސަރަހައްދު ދިރާސާ ކުރުމަށް ފަލަކީ އިލްމުވެރިން އިރާއި ދިމާލަށް ބަލަން ޖެހޭއިރު، އިރުގެ ވިދުވަރުން އެމީހުންގެ ނާޒުކު އޮޕްޓިކްސްތައް އަނދާ ހުލިވާނެތީ ޖޭމްސް ވެބް ނުވަތަ ހަބަލް ފަދަ ޒަމާނީ އޯބިޓަލް ޓެލެސްކޯޕްތައް މިފަދަ ދިރާސާތަކުގައި ބޭނުން ނުކުރެވޭނެ އެވެ.
“ދުނިޔޭގެ މުޅި ނިޒާމުގެ ތެރޭގައި ގާތްގަނޑަކަށް 25 އެސްޓްރޮއިޑް މިއަދާ ހަމައަށް ފެނިފައި ވަނީ ” ޝެޕާޑް ވިދާޅުވި އެވެ. މި ވަކި ހާލަތުގައި ސައިންސްވެރިން މި ހޯދުން ހޯދީ ޗިލީގެ ސެރޯ ޓޮލޮލޯ އިންޓަރ އެމެރިކަން އޮބްޒަވޭޓަރީގައި ހުންނަ ވިކްޓަރ އެމް ބްލާންކޯ 4 މީޓަރުގެ ޓެލެސްކޯޕްގެ ޑާކް އެނާޖީ ކެމެރާ ބޭނުންކޮށްގެންނެވެ.
އެސްޓްރޮއިޑްތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު އެތެރޭގެ އިރުގެ ނިޒާމު އަދިވެސް ބޮޑުތަނުން ޓެރާ އިންކޮގްނިޓާއެއްގެ ގޮތުގައި އޮތް ނަމަވެސް، މި ސަރަހައްދުގައި ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތައް މަދު ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

“ހޯދުމަށް ބާކީ އޮތީ މަދު [ދުނިޔޭގެ ކައިރީގައި ހުރި އެސްޓްރޮއިޑްތަކެއް ކަމަށް ބެލެވޭ،” ޝެޕާޑް ވިދާޅުވި އެވެ. އަދި ދުވަހަކުވެސް 2022 އޭޕީ7 އިން ދުނިޔެއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުނަސް އެއީ ކޮން ދުވަހަކުން ވެދާނެކަމެއް ކަމެއް އަދި ސައިންސްވެރިން ސާފު ނުވާކަމަށް ޝެޕާޑްގެ ބަޔާނުގައި ވިދާޅުވިއެވެ.
ނަމަވެސް ސްޕޭސް ޑޮޓްކޮމް އިން ބުނާ ގޮތުގައި ފަލަކީ އިލްމުވެރިން މިހާރު ވެސް ، އެއް ކިލޯމީޓަރަށް ވުރެ ފުޅާމިނުގައި ހުރި ނުރައްކާތެރި 2،200 ވަރަކަށް އެސްޓްރޮއިޑް މޮނިޓަރ ކުރަމުން އެބަދެއެވެ. މިފަދަ ޖައްވީ ހިލަތަކަކީ މުޅި ޕްލެނެޓަށް ނުރައްކަލަކަށް ވެދާނެ ކަމަށާއި ސަބަބަކީ 50 މީޓަރު ފުޅާ އެސްޓްރޮއިޑެއް ވެސް ލަންޑަން ފަދަ މުޅި ސިޓީއެއްގެ މަރުކަޒުގެ މައްޗަށް ގޮވައިފިނަމަ ގެއްލުން ލިބިދާނެ ކަމަށް މީޑިއާއިން ފާހަގަކުރެ އެވެ.
މީގެ ކުރިން 2020 ވަނަ އަހަރު ސައިންސްވެރިން އިންޒާރު ދިން ގޮތުގައި 2068 ވަނަ އަހަރު އެޕޮފިސް ނަމަކަށް ކިޔާ އެސްޓްރޮއިޑެއް ދުނިޔެއާ ނުރައްކާތެރި ގޮތަކަށް ކައިރިވެ އެ އެސްޓްރޮއިޑް މި ޕްލެނެޓަށް އަރާފާނެ ކަމަށާއި ހަމަ އެ އަހަރުގެ ފަހުކޮޅު 370 މީޓަރު ދިގު ޖައްވީ ހިލަ އަޅުގަނޑުމެންގެ ބައެއް މުވާސަލާތީ ސެޓެލައިޓްތަކުގެ ދައުރުތަކުގެ ތެރެއަށް އަތުވެދާނެކަމަށް އެމެރިކަން އެސްޓްރޮނޮމިކަލް ސޮސައިޓީގެ ޑިވިޝަން ފޯ ޕްލެނެޓަރީ ސައިންސަސް އިން ބުނެފައިވެއެވެ.

