ޓެކްނޮލޮޖީ

އެލޮން މަސްކް ޓްވިޓާ ގަތުމަށްފަހު ސީއީއޯ، ސީއެފްއޯ އަދި އެހެނިހެން އިސް ބޭފުޅުން މަގާމުން ވަކިކޮށްފި

ސެން ފްރެންސިސްކޯ (ކޭޖީއޯ) — އެލޮން މާސްކް ރަސްމީކޮށް ޓްވިޓާ ގަނެފައިވާ ކަމަށާއި މިހާރު އެ ކުންފުންޏާ ހަވާލުވެ ހުންނެވީ އެލޮން މާސްކް ކަމަށް ވެސް މަސްދަރުތަކުން ބުނެފި އެވެ.

ޓްވިޓަރގެ ސީއީއޯ ޕަރަގް އަގްރާވާލް އާއި ސީއެފްއޯ ނެޑް ސެގަލް އަދި ޖެނެރަލް ކައުންސެލް ޝޯން އެޖެޓް އެބޭފުޅުންގެ މަޤާމުތަކުން ވަކިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

44 ބިލިއަން ޑޮލަރުގެ އަގުހުރި މި ޑީލްގެ ހުރިހާ ކަރުދާސްތަކެއްގައި ސޮއިކޮށްފައި އޮތް ކަމެއް ނުވަތަ އެ ޑީލް ނިމިއްޖެ ކަމެއް އަދި މުޅިން ޔަޤީނެއް ނުވެއެވެ. އެކަމަކު ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމާ ހަވާލުވެ ހުންނެވީ މިހާރު މާސްކް އެވެ.

މިވާހަކަތައް މީޑިއާއަށް ތިލަވެފައި މިވަނީ ލަންޑަގެ ކޯޓެއްކަމަށްވާ ޑެލަވޭއާގެ ފަނޑިޔާރަކު އެ ޑީލް ފައިނަލް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާން ގަޑިއެއްހާއިރަށް ވެފައި ވަނިކޮންނެވެ. އަދި އެއްވެސް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ޝަރީއަތް އަލުން ތާވަލު ކުރާނެ ކަމުގެ އިންޒާރު ކޯޓުން ވަނީ ދީފައެވެ.

އެލޮން މާސްކްގެ ޓްވިޓާ ހަވާލުވުމާ ގުޅިގެން ގިނަ ތަފާތު ގޮތްގޮތަށް ވާހަކަތައް ވަނީ މީޑިއާގައި ފެތުރިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close