ވިންޑޯޒް 11 ޕީސީ އިން ސްކްރީންޝޮޓް ނަގާނެ ގޮތް
އެންޑްރޮއިޑް ފޯނެއް ނުވަތަ އައިފޯނެއްގައި ސްކްރީންޝޮޓެއް ނެގުމަކީ މާ އުނދަގޫ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ވިންޑޯޒް 11 ޕީސީއެއްގައި ސްކްރީންޝޮޓެއް ނެގުމުގައި ބައެއް މީހުންނަށް ކުޑަކޮށް އުނދަގޫ ވެދާނެ އެވެ. ގިނަ ޕީސީތަކުގައި ކީބޯޑުގައި ޕްރިންޓް ސްކްރީން ބަޓަން ހުންނައިރު، އެ ބަޓަން ކްލިޕްބޯޑަށް ކޮޕީކޮށް، Ctrl+V އޮޕްޝަން ބޭނުންކޮށްގެން ޕޭސްޓް ކުރެވޭއިރު، މިއީ ހާއްސަކޮށް ސްކްރީންގްރޭބަށް ބަދަލުތަކެއް ގެންނަން ބޭނުންނަމަ އެހާ ހިތްގައިމު ގޮތަކަށް ނުވެދާނެ އެވެ.
އެހެންކަމުން ސްކްރީން ޝޮޓެއް ނެގުމަށް ވިންޑޯޒް 11 ގައި ވަކި ޓޫލެއް ހުންނައިރު، ފުލް ސްކްރީން ގްރޭބް ނުވަތަ ޕާޝިއަލް ސްކްރީންޝޮޓެއް ނަގައިގެން އެޑިޓްކޮށް، ލިޔެ، ޑޫޑްލް ކުރެވޭނެ ގޮތްތަކެއް މިހާރު މިވަނީ ފަހިވެފަ އެވެ.
ވިންޑޯޒް 11 ގައި ސްކްރީންޝޮޓް ނަގާނެ ގޮތް:
ސްނިޕިންގ ޓޫލް ބޭނުންކުރުން:
ވިންޑޯޒް 11 ގައި ސްކްރީންޝޮޓް ނެގުމަށް އެހީތެރިވެދޭ އެއްޓޫލަކީ ސްނިޕިން ޓޫލް އެވެ. މިޓޫލް ބޭނުންކުރާނަމަ ތިރީގައިވާ ފިޔަވަޅުތަކަށް އަމަލުކުރާށެވެ.
- ސްޓާޓް މެނޫއަށް ގޮސް ސަރޗް ބޮކްސްގައި “ސްނިޕިންގ ޓޫލް” ލިޔެލާށެވެ.
- މިހާރު އެންޓަރ އަށް ފިތާލުމުން ނުވަތަ އެޕް އަށް ކްލިކް ކުރުމުން ސްނިޕިންގ ޓޫލް ހުޅުވޭނެއެވެ.
- ސްކްރީންޝޮޓް އޯވަރލޭއަކުން ޓޫލް ފެށުމަށް ނިއު އަށް ފިތާލާށެވެ.
- ޝޮޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ސްކްރީންގެ ކޮންމެ ސަރަހައްދެއް ވެސް ސެލެކްޓް ކުރެވޭއިރު، ޓޫލް އޯވަލޭގެ މަތީގައި ރެކްޓަންގްލް ސްނިޕް، ފްރީފޯމް ސްނިޕް، ވިންޑޯ ސްނިޕް، ފުލްސްކްރީން ސްނިޕް ފަދަ އޮޕްޝަންތައް ލިބެން ހުންނާނެ އެވެ.
- ނަގާ ސްކްރީންގްރެބްތައް ޕިކްޗަރސް ފޯލްޑަރަށް ސޭވް ކުރެވޭނެއެވެ. ނުވަތަ ސިސްޓަމުން ފޯލްޑަރ ޕިކަރ ހުޅުވައިގެން ލޮކޭޝަން ކަނޑައެޅިދާނެއެވެ.
އެކްސްބޮކްސް ގޭމް ބާ ބޭނުންކުރުން:
ވިންޑޯޒް 11 އޯއެސް އާއި އެކު ބަންޑްލްކޮށްފައި ހުންނަ އެކްސްބޮކްސް ގޭމް ބާ އެއް ވެސް މިކަމަށް ބޭނުން ކުރެވިދާނެ އެވެ. އެއީ މުހިންމު ގޮތެއްގައި ގޭމަރުންނަށް އެމީހުންގެ ގޭމްޕްލޭގެ ސްކްރީންޝޮޓް ނުވަތަ ވީޑިއޯ ނެގުމުގައި އެހީތެރިވުމަށް ޚާއްޞަ ފީޗާއެއް ނަމަވެސް ވިންޑޯޒް 11 ގައި ބޭނުން ކޮންމެ އެއްޗެއްގެ ސްކްރީންޝޮޓް ނެގުމަށް މި ޓޫލް ބޭނުން ކުރެވިދާނެ އެވެ.
- އެކްސްބޮކްސް ގޭމް ބާ ބޭނުން ކުރުމަށްޓަކައި އެއްފަހަރާ ޖީ އާއި އެކު ވިންޑޯޒް ކީ އަށް ފިތާލާށެވެ.
- މިހާރު މަތީ ކަނާތްފަރާތުގައިވާ ކަނުގައި ކެޕްޗާ އޭރިއާއަށް ގޮސް ސްކްރީންޝޮޓް ނަގާ ޓޭކް އޮޕްޝަން ނަގާށެވެ.
- މި ސްކްރީންޝޮޓް ޑިފޯލްޓްކޮށް އޮޓޮމެޓިކުން ވީޑިއޯސް/ކެޕްޗާސް ފޯލްޑަރަށް ސޭވް ކުރެވޭނެއެވެ.
ކީބޯޑް ޝޯޓްކަޓްތައް ބޭނުންކުރުން:
ފުލް ސްކްރީން ގްރޭބް ނަގަން PrtSc ކީ ބޭނުން ކުރެވިދާނެ އެވެ. ކީ އަށް ފިތާލުމުން މުޅި ސްކްރީން ކްލިޕްބޯޑަށް ކޮޕީ ވެގެންދެއެވެ. އެކަމަކު ވަކި ޚާޢްޞަ ތަނެއް ނުހިމަނައި ދޫކޮށްލަން ބޭނުންވިޔަސް އެކަމެއް ނުވެއެވެ. މި ޑޭޓާ ސްކްރީންޝޮޓަކަށް ބަދަލު ކުރުމަށްޓަކައި ފޮޓޯ އެޑިޓިން އެޕް ހުޅުވައިގެން Ctrl+V އޮޕްޝަން ބޭނުންކޮށްގެން ސްކްރީންގްރެބް ޕޭސްޓް ކުރަން ޖެހެ އެވެ. ބޭނުންވާ ގޮތަށް އެޑިޓްކޮށް ޕީސީގައި ފައިލެއްގެ ގޮތުގައި ސޭވް ކުރެވޭނެ އެވެ.
ތިންވަނަ ފަރާތެއްގެ އެޕްތައް ބޭނުންކުރުން:
އިންބިލްޓް އެޕްތަކުގެ އިތުރުން ވިންޑޯޒް 11 ޕީސީގައި ސްކްރީންޝޮޓެއް ނަގަން ތިންވަނަ ފަރާތެއްގެ އެޕްތައްވެސް ޑައުންލޯޑްކޮށް އިންސްޓޯލް ކުރެވޭނެ އެވެ.