ޓެކްނޮލޮޖީ

ސްޓާލިންކްގެ ސެޓެލައިޓްތައް ޗައިނާގެ ސްޕޭސް ސްޓޭޝަނާ ކައިރިވާތީ ޗައިނާ ރުޅިގަދަވެއްޖެ

އީލޮން މަސްކްގެ ސްޓާލިންކްގެ ސެޓެލައިޓްތައް ޗައިނާގެ ސްޕޭސް ސްޓޭޝަނާ މާބޮޑަށް ކައިރިވާ ކަމަށްބުނެ ޗައިނާއިން ރުޅިގަދަވެއްޖެއެވެ.

އީލޮން މަސްކްގެ މައްޗަށް ޗައިނާގެ “ސްޕޭސް ވޯފެއާ” ތުހުމަތުކުރަނީ ޗައިނާގެ ސްޕޭސް ސްޓޭޝަނަށް ކުރާ ޖެއްސުމެއްގެ ގޮތުގައެވެ.  އީލޮން މަސްކްގެ ގްލޯބަލް އިންޓަނެޓް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އޭނާ ލޯންޗް ކުރި ބައެއް ސެޓެލައިޓްތަށް ޗައިނާގެ އާ ސްޕޭސް ސްޓޭޝަނާ ވަނީ ވަރަށް ބޮޑަށް ކައިރިވެފައި ކަމަށް ޚުދު މަސްކްވެސް އެއްބަސްވެއެވެ.

މަސްކްގެ ސްޕޭސް އެކްސް އެއިރޯސްޕޭސް ކުންފުނީގެ ޑިވިޝަނެއް ކަމަށްވާ ސްޓާލިންކް އިންޓަނެޓް ސާވިސަސްގެ ސެޓެލައިޓްތަކަށް ޗައިނާގެ ސްޕޭސް ސްޓޭޝަނާ އެކު ޖުލައި މަހާއި އޮކްޓޯބަރު މަހު ދެ “ކްލޯޒް އެންކައުންޓާސް” ކުރިމަތިވި ކަމަށް މި މަހުގެ ކުރީކޮޅު އދ.ގެ ސްޕޭސް އެޖެންސީއަށް ޗައިނާއިން ހުށަހެޅި ލިޔުމެއްގައި ބުނެފައި ވެއެވެ.

“ސަލާމަތީ ސަބަބުތަކަށްޓަކައި ޗައިނާ ސްޕޭސް ސްޓޭޝަނުން ވަނީ ޕްރިވެންޓިވް އެކްސިޑެންޓް އެވޮއިޑެންސް ކޮންޓްރޯލް ތަންފީޒުކޮށްފައި،” އދ.ގެ އޮފީސް ފޯ އައުޓާ ސްޕޭސް އެފެއާޒްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ޗައިނާއިން ބުންޏެވެ.

ޔުނިވާސަލް އިންޓަނެޓް ކަވަރޭޖާއެކު މުޅި ދުނިޔެއަށް ބްލޭންކެޓް ކުރުމަށް މިސްޓަރ މަސްކް ގެ ސްޓާލިންކް ޕްރޮޖެކްޓްގެ ސަބަބުން ޗައިނާގައި މީގެ ކުރިން ވެސް ވަނީ ހުރަސްތަކެއް ކުރިމަތިކޮށް މައުލޫމާތު ތައް ވަރަށް ވަރުގަދައަށް ކޮންޓްރޯލް ކޮށްފައެވެ.

ޓްވިޓާގެ ޗައިނާ ވާޝަން ކަމަށްވާ ވެއިބޯގައި ހޯމަ ދުވަހު އާންމުކޮށްފައި ވާއިރު، މި މަޝްރޫއަށް ގިނަ ޔޫޒަރުންތަކެއް ވަނީ އުންމީދު އާކޮށް އިންތިޒާރުކޮށްފައެވެ.

ސްޕޭސް އެކްސް އިން މިހާތަނަށް 1900 އެއްހާ ސެޓެލައިޓް އެ ކުންފުނީގެ ސްޓާލިންކް ބްރޯޑްބޭންޑް ނެޓްވޯކަށް ހިދުމަތް ދިނުމަށް ފޮނުވާފައިވާ އިރު، މިސްޓަރ މަސްކް ވަނީ އެންމެ ފަހު ވަގުތު އޭނާ ބޭނުންވަނީ ގާތްގަނޑަކަށް 42،000 ސެޓެލައިޓް އޯބިޓްގައި ބަހައްޓަން ކަމަށް ބުނެފަ އެވެ.

އެކަމަކު ޗައިނާގެ ޓެބްލޮއިޑް ގްލޯބަލް ޓައިމްސް އިން ބުނީ ސެޓެލައިޓްތައް ބޭނުން ކުރެވޭނީ “ޗައިނާގެ ސްޕޭސް ޕަރސެޕްޝަން ގާބިލްކަން ދެނެގަނެ، ޗައިނާއަށް އެމީހުންގެ އަމަލުތައް ރަނގަޅަށް ދެނެގަނެވޭނެތޯ ޓެސްޓް ކުރުމަށް” ކަމަށެވެ.

“ސްޓާލިންކް ސެޓެލައިޓްތަކުގެ އަސްކަރީ އެޕްލިކޭޝަނާ މެދު އެއިރޯސްޕޭސް އިންޑަސްޓްރީން މިހާރު ކަންބޮޑުވަނީ 40،000 އަށް ވުރެ ގިނަ ސެޓެލައިޓް ޑިސްޕްލޭ ކުރުމަށް ފަހު، އެހެން ގައުމުތަކުގެ އެކަމުގެ އަސަރު ކުރާނެތީ،” އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close