ޓެކްނޮލޮޖީ

ސްޓީވް ޖޮބްސްގެ ދަރިފުޅުވެސް އައިފޯން 14 އަށް ކުރީ މަލާމަތް!

ސްޓީވް ޖޮބްސްގެ އަންހެން ދަރިފުޅު އީވް ޖޮބްސް ވެސް އައިފޯން 14 އަށް ކުރީ މަލާމާތެވެ.

އެޕަލް އިން މިދިޔަ ބުދަދުވަހު އައިފޯން 14 ސީރީޒް އިއުލާންކުރިއިރު، ސްޓޭންޑަޑް އައިފޯން 14 އާއި އައިފޯން 14 ޕްލަސް ، މީހުން ހީކުރި ވަރަކަށް އަޕްގްރޭޑެއް ނުވިއެވެ. އެ ފޯނުތަކުގައިވެސް ބޭނުންކޮށްފައިވަނީ މިދިޔަ އަހަރު ނެރުނު އައިފޯން 13 ގައި ވެސް ބޭނުންކުރި ޕްރޮސެސަރާއި، އެ ވައިޑް ނޮޗާއި، 12އެމްޕީގެ މެއިން ކެމެރާއެކެވެ.

ގިނަ ބަޔަކު އައިފޯން 14 އަށް ނޫނެކޭ ބުނަމުންދާއިރު، އެނގިފައިވާ ގޮތުގައި ސްޓީވް ޖޮބްސްގެ އަންހެން ދަރިފުޅު އީވް ވެސް ވަނީ އައިފޯން 14 (h/t: ގެޖެޓްސް 360) އަށް މަލާމާތްކޮށްފަ އެވެ. އީވް ޖޮބްސް އިންސްޓަގްރާމް އަށް ވަނީ މީމެއް ހިއްސާކޮށްފައެވެ.

އީވް ޖޮބްސް އިންސްޓާގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓްގެ ސްކްރީން ޝޮޓެއް

އޭނާގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓުގައި ޖޯކެއް ހިއްސާ ކުރަމުން އީވް ޖޮބްސް ވަނީ އޭނާގެ ސްޓޯރީތަކަށް ފޮޓޯއެއް ޕޯސްޓްކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ ފިރިހެނަކު ފަޚުރުވެރިކަމާއެކު އާ ގަމީހެއް ހިފައިގެން ހުރި އިރު، އެމީހާ ހިފައިގެންއިނީ އޭނާ ލައިގެން ހުރި ގަމީހާ އެއްވައްތަރު ގަމީހެކެވެ.

“އެޕަލް އިން މިއަދު އިއުލާން ކުރުމުން، އަހަރެން އައިފޯން 13 އިން އައިފޯން 14 އަށް އަޕްގްރޭޑް ކުރަނީ،” ކެޕްޝަންގައިވެ ޖޮބްސް ލިޔެފައިވެއެވެ.

މި މީމް އިން ލިބޭ އިންސިނިއުއޭޝަނަކީ އެންމެ ފަހުގެ ވަރޝަން (14) ކުރިން ނެރުނު ވަރޝަން (13) އާ ގާތްގަނޑަކަށް އެއްގޮތްވާނެ ކަމެވެ.

ސްޓީވް ޖޮބްސްގެ 24 އަހަރުގެ އަންހެން ދަރިފުޅު އީވް އަކީ މޮޑެލް، އިކުއެސްޓްރިއަން އަދި ސޯޝަލް މީޑިއާ އިންފްލޫއެންސަރެއް ކަމަށްވާއިރު، އޭނާގެ 307،000 ފޮލޯވަރުންނަށް މި މީމް ވަނީ ހިއްސާކޮށްފައެވެ. އީވްގެ މަންމައަކީ ލޯރެން ޕަވަލް ޖޮބްސް އެވެ.

ހަގީގަތުގައި އައިފޯން 14 ލައިންގެ 799 ޑޮލަރުން ފެށޭ ފޯނަށްވުރެ، މިހާރު 699 ޑޮލަރުން ފެށޭ އައިފޯން 13 މާ ރަނގަޅު ވެދާނެ އެވެ. ކޮންމެއަކަސް، ހަޤީޤަތަކީ އައިފޯން 14 އިންވެސް ތިބާއަށް ލިބެނީ އެއް ޕްރޮސެސަރާއި ނޮޗްގެ އިތުރުން ހަމަ 12އެމްޕީގެ މެއިން ކެމެރާ ރިޒޮލިއުޝަން ކުޑަ ސެންސަރެކެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close