ޓީ މޯބައިލް އިން 2021 ވަނަ އަހަރުގެ ޑޭޓާ ބްރީޗްވި ކްލާސް-އެކްޝަން ސެޓްލްމަންޓަށް 500 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެއެވެ.
އެމެރިކާގެ ކެރިއަރ ޓީ މޯބައިލް އިން 2021 ވަނަ އަހަރު ހިނގި ޑޭޓާ ބްރީޗް ކުރުމުގެ ކްލާސް އެކްޝަން މައްސަލަ ސެޓްލްމަންޓެއްގެ ދަށުން 500 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފައިވާއިރު، ހުކުރު ދުވަހު ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން “ޓީ މޯބައިލް އިން ފާހަގަކޮށްފައިވާ އެމެރިކާގެ ގާތްގަނޑަކަށް 76.6 މިލިއަން ރައްޔިތުންގެ” ކަސްޓަމަރ ޑޭޓާ އަށް ވަނީ ކޮމްޕްރޮމައިޒް ކޮށްފަ އެވެ.
2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަދަރބޯޑް ގެ ރިޕޯޓަކުން އެނގިފައިވާ ގޮތުގައި މި ބްރީޗްގައި ހިމެނޭ ކަސްޓަމަރ ޑޭޓާތަކުގެ ތެރޭގައި ސޯޝަލް ސެކިއުރިޓީ ނަމްބަރުތަކާއި، ނަންތަކާއި، އެޑްރެސްތަކާއި، ގެއްލުން ލިބުނު ކަސްޓަމަރުންގެ ޑްރައިވިން ލައިސަންސްގެ މައުލޫމާތު ހިމެނެއެވެ.
ސެޓްލްމަންޓް ފައިސާގެ ތެރެއިން 350 މިލިއަން ޑޮލަރު ކަސްޓަމަރުންނާއި ލޯޔަރުންގެ މެދުގައި (ފީ އާއި ގާނޫނީ ހަރަދުތައް ދެއްކުމަށް) ބަހާލާނެ އެވެ.
ވަކިވަކި ކަސްޓަމަރުންނަށް ދައްކާ ފައިސާ ބިނާވެފައި އޮންނާނީ ވަކީލުންނަށް ފައިސާ ދެނީ ކިހާ މިންވަރަކަށްތޯ އާއި ކްލާސް އެކްޝަން ސެޓްލްމަންޓަށް އިޖާބަ ދެނީ ކިތައް ކަސްޓަމަރުންތޯ އެވެ. ގެއްލުން ލިބުނު ކަސްޓަމަރުންނަށް ވަރަށް އަވަހަށް ސެޓްލްމަންޓާ ބެހޭ ގޮތުން ޓީ މޯބައިލް އިން އެކަން އަންގާނެ އެވެ.
ޓީ މޯބައިލް އިން އަނެއް 150 މިލިއަން ޑޮލަރު ސެކިއުރިޓީ އިމްޕްރޫވްމަންޓަށް މިހާރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ހޭދަކުރަން ޖެހޭނީ އިތުރު ޑޭޓާ ބްރީޗް ވުމުގެ ފުރުސަތު ކުޑަ ކުރުމުގެ ގޮތުން އަޅަން ހަމަޖެހިފައވާ ފިޔަވަޅުތަކަށެވެ.
ކްލާސް އެކްޝަން ދައުވާގައި ޓީ މޯބައިލް ގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރި ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި، އަސަރުކޮށްފައިވާ ފަރާތްތަކަށް އެކަން އެންގުނު ކަމަށާއި، “އެކަށީގެންވާ މިންވަރަށް ޑޭޓާ ސެކިއުރިޓީ” ލިބިފައި ނުވާ ކަމަށެވެ.
އެހެންނަމަވެސް އެމައްސަލަތައް ހައްލުކޮށްފައިވާއިރު، ޓީ މޯބައިލް އިން މިއިން އެއްވެސް ތުހުމަތަކަށް ކުށް ގަބޫލެއް ނުކުރެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...