ސެމްސަންގް ގެލަކްސީ ނޯޓް 20 އަލްޓްރާ – އޮގަސްޓް 5 ގައި ރިލީޒްކުރަނީ
ސްމާޓްފޯނު އުފެއްދުމުގައި ދެވަނައެއްނެތް ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ ނޯޓް 20 އަލްޓްރާ އޮގަސްޓް 5 ގައި ރިލީޒް ކުރާނެކަމަށް މިފަދަ ޚަބަރުތައް ގެނެސްދޭ ބޮޑެތި ސައިޓްތަކުން ރިޕޯޓްކޮށްފިއެވެ.
ދެމިލިއަން ފޮލޮވަރުން ތިބޭ އައިސް ޔުނިވާސްއިން ކުރިޓްވީޓެއްގައި ވާގޮތުގައި، އޯގަސްޓް މަހުގެ 5 ދުވަހު، ސެމްސަންގް ގެލެކްސީ ނޯޓް 20 އާއި ފޯލްޑް 2 އަދި ވޮޗް 2 ގެ އިތުރުން ޓެބް “އެސް ސެވަން” ، “ޓެބްއެސް ސެވަން ޕްލަސް” އަދި “ޒެޑް ފްލިޕް ” 5 ޖީ މޮޑެލް ރިލީޒް ކުރާނެއެވެ.
ސޭމްސަންގް ކުންފުންޏަކީ އެންޑްރޮއިޑް އޯއެސް ބޭނުންކުރާ ކުންފުނިތަކުގެ ތެރެއިން މާކެޓުގެ އެންމެ ކުރީގައި އޮތް އެއް ކުންފުންޏެވެ. ސެމްސަންގްގެ އުފެންދުންތަކާއި އެންމެ ވާދަކުރަނީ އެޕަލް ކުންފުނީގެ އައިފޯނުތަކާއި، ޗައިނާގެ ވާވޭ ކުންފުނީގެ އުފެއްދުންތަކެވެ.
ގެލެކްސީ ނޯޓް 20 ގެ މާގިނަ މަޢުލޫމާތުތަކެއް އަދި މިހާތަނަށް ޔަޤީން ކަމާއެކު ޢާއްމު ނުވިނަމަވެސް ބައެއް ފަރާތްތަކުންވަނީ އެމީހުންގެ އަންދާޒާ ލަފާކުރުންތައް ޢާއްމު ކޮށްފައެވެ. އެގޮތުން ބަލާއިރު ތިރީގައި އެވަނީ ގެލެކްސީ 20 ގައި ހުންނާނެކަމަށްބުނާ ފީޗަރސް ތަކެކެވެ.