ފޭސްބުކް ޔޫޒަރުންގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމުން ޒުކަބާގްގެ މައްޗަށް ދައުވާ އުފުލައިފި
ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މަޢުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ބުނެ ފޭސްބުކްގެ ބާނީ މާކް ޒުކަބާގްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ކެމްބްރިޖް އެނަލިޓިކާގެ ޕްރައިވެސީ މައްސަލައަށް މަގުފަހިކޮށްދިން ނިންމުންތަކުގައި ސީދާ ދައުރެއް އަދާކުރި ކަމަށް ބުނެ ވޮޝިންޓަންގައި ހޯމަ ދުވަހު ކުރި ދައުވާއެއްގައި ފޭސްބުކްގެ ބާނީ މާކް ޒުކަބާގްގެ ނަން ހިމަނައި އޭނާގެ މައްޗަށްވެސް ދައުވާ ކޮށްފައިވާކަން ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާގެ ބަންޑާރަ ނައިބު ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތުގައި ހުންނަ ކޮންސަލްޓިން ކުންފުންޏަށް އެމެރިކާގެ 70 މިލިއަނަށް ވުރެ ގިނަ ފޭސްބުކް ބޭނުންކުރާ މީހުންގެ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބުނު އޮނިގަނޑު ވިސްނުމުގައި ޒުކަބާގް ވަރަށް ގާތުން ބައިވެރިވެވަޑައިގެންނެވި އެވެ.
ވިސްލްބްލޯވަރަކު 2018 ވަނަ އަހަރު ހާމަކުރި ގޮތުގައި ކެމްބްރިޖް އެނަލިޓިކާއިން ކުރިއަށް ދިޔައީ އެ ޑޭޓާ ސިޔާސީ ބޭނުމަކަށް ބޭނުން ކުރަމުން ކަމަށާއި އޭގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.
“ޒުކަރބަރގް އަކީ ހަމައެކަނި ފޭސްބުކްގެ ފިގަރހެޑެއް ނޫން، ކުންފުނިން ނިންމާ ގާތްގަނޑަކަށް ކޮންމެ ނިންމުމެއްގައި އޭނާ އަމިއްލައަށް ބައިވެރިވެވަޑައިގަންނަވަނީ،” ވޮޝިންޓަންގެ އެޓާނީ ޖެނެރަލް ކާލް ރޭސިން ޒުކަބާރގް އާއި ދެކޮޅަށް އުފުލި ދައުވާގައި ބުނެފައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޒުކަބާގްގެ ކޮންޓްރޯލް ކުންފުނީގެ އެންމެހައި ކަންކަމުގައި އޮންނަކަމަށާއި، އެ ކުންފުނީގެ ފައުންޑަރާއި ސީއީއޯގެ އަޣުލަބިއްޔަތު ވޯޓިން ހިއްސާވެސް މިކަމުގައި އޮންނަ ކަމަށެވެ.
ރެސިންގެ އޮފީހުން ފޭސްބުކްގެ ޑޭޓާ ޕްރައިވެސީ ޕްރެކްޓިސްތަކާ ގުޅިގެން 2018 ވަނަ އަހަރު ދައުވާކޮށްފައި ވާއިރު، މިހާރު ކުރިއަށްދާ މި މައްސަލައާއި، އޭރުގެ މައްސަލައާއިވެސް ވަނީ ގުޅިފައެވެ.
ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން އާ ދައުވާއަށް ވަގުތުން ޖަވާބެއް ނުދިން ނަމަވެސް ތަރުޖަމާނު އެންޑީ ސްޓޯން ޓްވިޓާގައި ފާހަގަކުރެއްވި ގޮތުގައި ޕްރައިވެސީ މައްސަލައިގައި ދައުވާ ލިބޭ ފަރާތެއްގެ ގޮތުގައި ޒުކަބާގް އިތުރު ކުރުމަށް ރޭސިން ހުށަހެޅި މައްސަލަ މީގެ ކުރިން ފަނޑިޔާރަކު ވަނީ ބާތިލްކޮށްފަ އެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މި މައްސަލައާ ގުޅިގެން ފޭސްބުކުން 5 ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރިއިރު، ފޭސްބުކުން ޕްރައިވެސީ ޕްރޮޓެކްޝަންތައް ރެމްޕްކޮށް، ޑީލަށް އަމަލުކުރާ ގޮތުގެ ތަފްސީލީ ކުއާޓަރ ރިޕޯޓްތައް ފޯރުކޮށްދިނުމާއި، މިނިވަން އޮވަރސައިޓް ބޯޑެއް އެކުލަވާލުމަށް ވެސް ލާޒިމްކުރި އެވެ.
ކެމްބްރިޖް އެނަލިޓިކާގެ މައްސަލަ ފެނަމަތިވި ފަހުން ފޭސްބުކުން ވަނީ އެ އެޕް ބޭނުން ކުރާ ކަމަށް ޝައްކު ކުރެވޭ އެތައް ހާސް އެޕްތަކެއްގެ ޑޭޓާއަށް އެކްސެސް ނައްތާލައި، އާންމުކޮށް ޑިވެލޮޕަރުންނަށް ލިބޭ މައުލޫމާތު ހަނިކޮށް، ޕާސަނަލް ޑޭޓާ ހިއްސާ ކުރުމަށް ހުރި ހުރަސްތައް ކެލިބްރޭޓް ކުރުމަށް ފަސޭހަކޮށްފަ އެވެ.

