ޓްވިޓަރ ބިޑް ކާމިޔާބުވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް : އީލޮން މަސްކް
ޓެސްލާގެ ވެރިޔާ އީލޮން މަސްކް ސޯޝަލް މީޑިއާ ފާމް ޓްވިޓާއަށް ވެރިވެގަތުމުގައި ކުރި ބިޑް ކާމިޔާބުވާނެ ކަމުގެ “ޔަގީންކަމެއް ނެތް” ކަމަށް ޓެސްލާގެ ވެރިޔާ އީލޮން މަސްކް ބުނެފިއެވެ.
އޭނާ މިހެން ބުނީ ހިއްސާއަކަށް 54.20 ޑޮލަރު ނުވަތަ 40 ބިލިއަން ޑޮލަރު (30.6 ބިލިއަން ޕައުންޑް) އަށް ވުރެ ބޮޑު އަގަކަށް އެ ކުންފުނި ގަންނަން ހުށަހަޅާފައިވާކަން ހާމަކުރިތާ ގަޑިއިރުތަކެއް ފަހުން ބޭއްވި ކޮންފަރެންސެއްގަ އެވެ.
ބުރާސްފަތި ދުވަހު ވެސް ޓްވިޓާގެ ޗީފް އެގްޒެކެޓިވް ވަނީ އެ ކުންފުނިން އެޕްރޯޗް އިވެލުއޭޓް ކުރަމުން އަންނަ ކަމަށް މުވައްޒަފުންނަށް އަންގައިފަ އެވެ.
އަދި އެ ހުށަހެޅުން އެ ކުންފުނިން ބަލައިގަތްކަން ކަށަވަރު ނުކޮށްދޭ ކަމަށް ސްޓާފް މީޓިންގައި ޕަރާގް އަގްރަވާލް ވެސް ބުނި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ވެންކޫވާގައި ބޭއްވި ޓެޑް2022 ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިސްޓަރ މަސްކް ވިދާޅުވީ، “އަސްލު އަޅުގަނޑަށް ޓްވިޓަރ ހޯދޭނެ ކަމުގެ ޔަގީންކަމެއް ނެތް” ކަމަށެވެ.
އޭނާ އިތުރަށް ބުނީ ޓްވިޓާއަށް އޭނާ ކުރި ބިޑް ރިޖެކްޓް ކޮށްފިނަމަ ޕްލޭން ބީ އެއް އޮތް ކަމަށާއި ނަމަވެސް އޭގެ މާނައަކީ ކޮބައިކަމެއް އިތުރު ތަފްސީލެއް ނުދޭ ކަމަށެވެ.
މިސްޓަރ މަސްކް ވެސް އެ އިވެންޓުގައި ވިދާޅުވީ ޓްވިޓާ މިހާރަށް ވުރެ ބޮޑަށް ހުޅުވާލެވިފައިވާ އަދި ދެފުށް ފެންނަ ގޮތަށް އޮންނަން ޖެހޭ ކަމަށެވެ.
“މިނިވަން ޚިޔާލެއް ފާޅުކުރުމުގެ އިންކްލޫސިވް އެރީނާއެއް އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު ކަމެއް،” އޭނާ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ޓްވިޓާގައި މިހާރު ވެސް ނެތް ހުރިހާ ހިއްސާއެއް ގަންނަން ހުށަހަޅާފައިވާކަން ހާމަކޮށްފަ އެވެ.
އެމެރިކާގެ ރެގިއުލޭޓަރުންނަށް ރަސްމީ ގޮތުން ފައިލް ކުރައްވަމުން މިސްޓަރ މަސްކް ވިދާޅުވީ، އޭނާއަކީ ކުންފުނީގެ “އާދަޔާ ޚިލާފު ޤާބިލުކަން” “އަންލޮކް” ކުރުމަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށާއި، އޭނާގެ ހުށަހެޅުން ގަބޫލު ނުކުރެވިއްޖެނަމަ “ހިއްސާދާރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މަގާމާމެދު އަލުން ވިސްނަން ޖެހޭނެ” ކަމަށެވެ.
އަދި ޓްވިޓާގެ ޑިރެކްޓަރުންގެ ބޯޑުން އެ ހުށަހެޅުން ބަލައިނުގަތުމަށް އިހްތިޔާރު ކޮށްފި ނަމަ “ހިއްސާދާރުންގެ ވޯޓަކަށް މި ހުށަހެޅުން ނުލުމަކީ މުޅިން ނާތަހުޒީބު ކަމަކަށް ވާނެ” ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިސްޓަރ މަސްކްގެ މިލްކިއްޔާތުގައި މިހާރުވެސް ސޯޝަލް މީޑިއާ ޓްވިޓަރ ޕްލެޓްފޯމްގެ %9 އަށްވުރެ ބޮޑު ހިއްސާއެއް އޮތް ނަމަވެސް، އޭނާއަކީ އެކުންފުނީގެ އެންމެ ބޮޑު ހިއްސާދާރެއް ނޫނެވެ.
އެސެޓް މެނޭޖްމަންޓް ފާމް ވަންގާޑް ގްރޫޕުން 8 އޭޕްރީލްގައި ހާމަކުރި ގޮތުގައި އެ ކުންފުނީގެ ފަންޑުތަކުގެ މިލްކިއްޔާތުގައި މިހާރު 10.3% ހިއްސާ އޮވެއެވެ.
