ޓެކްނޮލޮޖީ

ފޭސްބުކް މެސެންޖާރއަށްފަހު ވައިބާ އަށްވެސް ޑާކްމޯޑް

މިފަހަކަށް އައިސް ގިނަ އެޕްލިކޭޝަންތަކަށް ދަނީ ޑާކްމޯޑް އޮޕްޝަން ދެމުންނެއެވެ. ފޭސްބުކް މެސެންޖާއަށް ދާދިފަހުން ވަނީ ޑާކްމޯޑް އޮޕްޝަން ދީފައެވެ. މިލިސްޓަށް އެންމެފަހުން އިތުރުމިވީ ގިނބަޔަކު ބޭނުންކުރާ ވައިބާއެވެ. ވައިބާގެ އެންމެފަހުގެ އަދަދާއެކު ޑާކްމޯޑަށް ބަދަލުކޮށްލުމުގެ އިޚްތިޔާރު ބޭނުންކުރާ މިހާއަށް ލިބިގެންދާނެއެވެ. ވައިބާ އަޕްޑޭޓް ކުރުމުން ސެޓިންގ މެނޫއިން އެޕިއަރެންސްގެ ދަށުން ޑާކް މޯޑް އޮޕްޝަން ފެންނާނެއެވެ.

އެޕްލިކޭޝަންތަކުގައި ޑާކްމޯޑް ހިމެނުމަށް އެޕް ބޭނުންކުރާ ފަރާތްތަކުން ދަނީ ރިކުއެސްޓްކުރަމުންނެވެ. ޓެކް ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެންޑްރޮއިޑްގެ ދެން އަންނަ އަދަދުގައި ޑާކްމޯޑް ހިމެނުމަށް ގޫގުލުން ދަނީ ތައްޔާރުވަމުންނެވެ. މިހާރުވެސް ގިނައަދަދެއްގެ ޑާކް ތީމްވެސް މާކެޓްގައި ލިބެންއެބަހުއްޓެވެ. ޑާކްމޯޑު ބޭނުންކުރުމުން އެ އެޕްލިކޭޝަނުން ބެޓެރީ ބޭނުންކުރާ މިންވަރު ދަށްކޮށްދޭނެއެވެ. އަދި ލޮލަށް ފަސޭހަވާނެއެވެ.

ވައިބާއަކީ ވަރަށް ގިނަ މީހުން ބޭނުންކުރާ، ޚާއްސަކޮށް ދިވެހިންގެ މެދުގައި އެންމެ މަޤްބޫލް މެސެޖިންގ އެޕްލިކޭޝަނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close