ޓެކްނޮލޮޖީ

ފުލްޕޭޖް ސްކްރީން ޝޮޓެއް ނަގާނީ ކިހިނެއް؟

އިތުރު އެހެން އެކްސްޓެންޝަން އަކާއި ނުލައި ވެބްސައިޓެއްގެ ނުވަތަ ޑޮކިޔުމެންޓެއްގެ ފުލް ޕޭޖްގެ ސްކްރީން ޝޮޓެއްނެގިނދާނެ ގޮތެއް ވަނީ ކްރޯމް ބްރައުޒަރ ގައި ހިމަނާފައެވެ. މިއީ ބައެއް މަޝްހޫރު ބްރައުޒަރ ތަކުގައި އަދި ނެތް ފީޗަރއެކެވެ.

ކްރޯމް ބްރައުޒަރ އަކީ ގިނަމީހުންނަށް އެހާ ޢާއްމުނުވާ ބައިވަރު ފީޗަރތަކެއް އޭގައި އެކުލެވިގެންވާ ވަރަށް މޮޅު ބްރައުޒަރ އެކެވެ. މިދަންނަވާ ފީޗަރ އިންނަކަން ނޭންގޭ ކިތަންމެ ބަޔަކު ފާޑުފާޑުގެ އެކްސްޓެންޝަން އިންސްޓޯލް ކޮށްގެން މި ދެންނެވިހެން ފުލްޕޭޖްގެ ސްކްރީން ޝޮޓް ނަގާތީ ފެނެއެވެ. އެހެންކަމުން މިލިޔުމަކީ އެފަދަ ފަރާތްތަކަށް ބޭނުންތެރި ލިޔުމެއްކަމުގައި ވެދާނެކަމަށް ޤަބޫލުކުރަމެވެ.

އެހެންކަމުން ކްރޯމް ބްރައުޒަރ އިން ފުލްޕޭޖް ސްކްރީން ޝޮޓް ނަގާނެގޮތް ކިޔައިދެވޭތޯ މިލިޔުމުގައި ބަލައިލާނަމެވެ.

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ސްކްރީން ޝޮޓް ނަގަންބޭނުންވާ ވެބްޕޭޖް ހުޅުވާށެވެ. އެއަށްފަހު ތިރީގައިވާ ފޮޓޮއިން ފެންނަ ގޮތަށް ކަނާތްފަރާތުން މަތިން އެފެންނަ 3 ތިއްކަށް ކްލިކް ކޮށްލާށެވެ. ދެން އެ އެއަންނަ މެނޫއިން “More Tools” އަށް މައުސް ގެންދާށެވެ. ދެން އެތަނުން Developer Tools އަށް ކްލިކް ކުރާށެވެ.

Click the three dots, point to More Tools, then click on Developer Tools

މިހާރު ތިފެންނަ ވިންޑޯ އިން އަނެއްކާވެސް ކަނާތްފަރާތު މަތީގައި އެވާ ތިންތިއްކަށް ކްލިކް ކޮށްލާށެވެ. އޭރުން އަންނަ މެނޫއިން Run Command ނަގާށެވެ. ތިރީގައިވާ ފޮޓޯއިން އެފެންނަނީ އެބައެވެ.

ދެން މިހާރު Run Command ފިތާލުމުން އެފެންނަ ބައިން ސަރޗްގޮޅީގައި Screenshot ޓައިޕް ކޮށްލާށެވެ. އޭރުން އެއާގުޅޭ އޮޕްޝަންތައް ފިލްޓަރވާނެއެވެ. އެތަނުން ދެން Capture full-size screenshot ނަގާށެވެ. ތިރީގައިވާ ފޮޓޯއިން އެފެންނަނީ އެބައެވެ.

މިހާރު ފުލްސްކްރީން ޝޮޓް އޮޓޯއިން ސޭވް ވާނެއެވެ. ނަމަވެސް ވަކިތަނަކަށް ސޭވްކުރަން ބޭނުންނަމަ ތިރީގައިވާ ފޮޓޯއިން ފެންނަ ގޮތަށް ޑެސްޓިނޭޝަން ސެލެކްޓް ކޮށްލާށެވެ. އަދި ސޭވްކޮށްލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close