އެންމެ ފަހު ވަގުތު އައިފޯން 14، އެޕަލް ވޮޗް 8 އަދި އެއާޕޮޑްސް ޕްރޯ 2 ލީކްވެއްޖެ
އެޕަލް އައިފޯން 14، ނެރުމުގެ ހަފްލާ މިރޭއޮންނައިރު، އެންމެ ފަހު ވަގުތު އައިފޯން 14، އެޕަލް ވޮޗް 8 އަދި އެއާޕޮޑްސް ޕްރޯ 2 ލީކްވެއްޖެ އެވެ.
އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށްދާ މިއިވެންޓް ފަށާނީ ދިވެހިރާއްޖޭގެ ގަޑިން ރޭގަނޑު 22:00 ގައެވެ.
މިރޭ ބާއްވާ އެޕަލް އިވެންޓް ފެށެން މަދު ގަޑިއިރުތަކަކަށް ވެފައިވާއިރު، މި އިވެންޓުގައި އައިފޯން 14 ރޭންޖާއި، އެޕަލް ވޮޗް 8، އެޕަލް ވޮޗް 8 ޕްރޯ، އެޕަލް ވޮޗް އެސްއީ 2، އަދި ޕޮޓެންޝަލް އެއާޕޮޑްސް ޕްރޯ 2 ހުރިހާ އެއްޗެއް ހާމަވާނެ ކަމަށް ޓެކް ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.
މިއީ ފާއިތުވި އަހަރުތަކުގައި މިހާތަނަށް ބޭއްވޭ އެޕަލްގެ އެންމެ ބޮޑު އެއް އިވެންޓަށް ވެދާނެ ކަމަށާއި، މިއިވެންޓްގައި ގިނަ އަދަދެއްގެ އާ އުފެއްދުންތަކެއް ދައްކާލާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް ފެތުރިފައިވާ އަޑުތަކާއި ލީކްތަކަށް ބަލާއިރު، ސްޓޭންޑަޑް އައިފޯން 14 އަށް ގެންނާނެ ކުދިކުދި ބަދަލުތަކުން ފެށިގެން އައިފޯން 14 ޕްރޯ ސީރީޒްގެ ބޮޑެތި އަޕްގްރޭޑްތަކާ ހަމައަށް ފެނިގެން ދާނެކަމަށް އަޅުގަނޑުމެންނަށް އުންމީދު ކުރެވެއެވެ. އެގޮތުން އާ 48އެމްޕީ ކެމެރާ، އަބަދުވެސް އޮން ޑިސްޕްލޭ، ނޯ ނޮޗް އަދި އޭގެ އިތުރު ކަންކަންވެސް ހިމެނިފައިވެއެވެ.
އަދި ރަގަޑް އައުޓްޑޯ ބޭނުންތަކަށް އާ އެޕަލް ވޮޗް މޮޑެލް އެއް ޚާއްޞަކުރެވިފައިވާއިރު، އަދި އޯޑިއޯ ފްރަންޓްގައި އަޅުގަނޑުމެން އުންމީދު ކުރަނީ އެއާޕޮޑްސް ޕްރޯ 2 އަކީ މިހާރުވެސް ފާހަގަކޮށްލެވޭ އެއާޕޮޑްސް ޕްރޯއަށް ބޮޑު އަޕްގްރޭޑަކަށް ވާނެ ކަމަށެވެ. އެއީ އަޅުގަނޑުމެންގެ އެންމެ ރަނގަޅު ވައިލެސް އިއާބަޑްތަކުގެ ލިސްޓުގައި ހިމެނޭ ތަކެއްޗެވެ.
މީގެ އިތުރުންވެސް އައިފޯން 14 އާއި އެޕަލްގެ އެހެން އުފެއްދުންތަކާ ގުޅޭ ގޮތުން ފަހު މިނިޓްގައި ގިނަ އަދަދެއްގެ ލީކްތަކާއި އަޑުތައް ފެތުރިދާނެ ކަމަށް އަޅުގަނޑުމެންނަށް އުންމީދު ކުރެވެއެވެ.
